logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް މުޢިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 14:31
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާކަން ފާހަގަކުރައްވައި މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައިވެއެވެ. އަދި ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓާފައިވާ ކަމަށާއި، އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ދިވެހީން ވަނީ މާތްﷲ ގެ މަގުގައި ޖިހާދުކޮށްފައި ކަމަށެވެ.

މީގެއިތުރުން، ހިޖުރީގޮތުން މި ވޭތުވި 9 ޤަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި އަދި ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީންކަން ފާހަގަކުރައްވަމުން، "މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް،" ކަމުގައި ރައީސް ވިދާޅުވިއެވެ.

މާތްﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގައި ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް މުބާރަކްބާދު އަރިސްކުރައްވަމުން ރައީސް ވަނީ، މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ދަންނަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް ޚަބަރު | 19 މިނިޓު ކުރިންދިވެހީންގެ ނަޞްރަކާއި، ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީން: ރައީސްޚަބަރު | 20 މިނިޓު ކުރިން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފިޚަބަރު | 23 މިނިޓު ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީޚަބަރު | ދުވަހެއް ކުރިން