logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް ހިންގައިދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުން: އައިފާން

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2024 - 05:07
އެމްޑީޕީން ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް ހިންގައިދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުން: އައިފާން

އެމްޑީޕީން ކޮށްދޭނެ ކަމަށް ބުނެ ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް ހިންގައިދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ރޭ ވިދާޅުވެއްޖެއެވެ.

އައިފާން މިހެން ވިދާޅުވެފައި ވަނީ މެންދުރު ޓީވީ އިން ރޭ ގެނެސްދިން ''މައުޟޫ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގައި ދެއްކެވި ވާހަކާގައި އައިފާން ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު، 2023 ވަނަ އަހަރުގެ ރިޔާސީ ވޯޓުން އެމްޑީޕީ އަށް ނޫނެކޭ ބުނެފައި ވަނީ ނަތީޖާ ދައްކައި ނުދެވުން ކަމަށެވެ. އެހެންކަމުން ''އެވެނި މިވެނި މަޝްރޫޢުއެއް'' ހިންގިކަމަށް ބުނެ އެމްޑީޕީއަށް މިއަދު ވާހަކަ ދައްކާނެ ޖާގައެއްނެތްކަމަށް އޭނާ ވިދާޅުވިއެވެ.

''އެހެންވީމަ އެމްޑީޕީއަކަށް ތިމަންނަމެން އޮންނީ އެވެނި މަޝްރޫޢުއެއް ހިންގާފައޭ، މިވެނި ކަމެއް ކޮށްފައޭ، މިވާހަކައެއް ނުދެއްކޭނެ، އެމްޑީޕީން ކޮށްދޭނެ ކަމަށް ބުނެ ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް މާތްﷲ ގެ އިރާދަފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮށްދޭނެ އިރާދަކުރެއްވިއްޔާ'' އައިފާން ވިދާޅުވެފަވެއެވެ.

އެމްޑީޕީން ކޮށްދޭނެ ކަމަށް ބުނެ ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް ހިންގައިދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުން

އައިފާން ވިދާޅުވީ، އެމްޑީޕީން ކަޑަޖަހައި ރައްޔިތުންނަށް ކޮށްނުދީ ހުރި މަޝްރޫޢުތަކާއި، ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ކަންތައްތައް ރައީސް މުޢިއްޒު ފުއްދަވައި ދެއްވާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތުޚަބަރު | 3 މަސް ކުރިންއެމްޑީޕީން ކަޑަޖަހާފަހުރި ހުރިހާ މަޝްރޫޢުއެއް ހިންގައިދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުން: އައިފާންޚަބަރު | އަހަރެއް ކުރިން