logo
Bank of Maldives

Bank of Maldives

ޚަބަރު

20 ވަނަ މަޖިލީހަކީ ތާރީޚީ، މާ އުފެއްދުންތެރި މަޖިލީހެއް، 19 ވަނަ މަޖިލީހާ މުޅިން ތަފާތު: އައިފާން

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2025 - 16:59
އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތު

20 ވަނަ މަޖިލީހަކީ ތާރީޚީ، މާ އުފެއްދުންތެރި މަޖިލީހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމްގައި 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގެ ތަފާތުތަކަށް އަލިއަޅުވާލައްވައި ވާހަކައްކަވަމުން އައިފާން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭނެ މާ އުފެއްދުންތެރި މަޖިލީހެއް ކަމަށެވެ. އަދި 19 ވަނަ މަޖިލީހާއި ބަލާއިރު މިއަދުގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތައް ދެމުންދާ ކަމަށް އައިފާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިފާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، 20 ވަނަ މަޖިލީހަކީ ދިވެހިރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭނެ މަޖިލީހެކެވެ. އެ މަޖިލިސް ހިންގަމުންދާގޮތަކީ މިހާރު ފެންނަމުންދާ ތަފާތު މަޖިލިސްތަކަށް ބަލާއިރު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކުރެވޭ ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކުންނާއި ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި ހިންގާފައިވާ ޢަމަލުތައް ވެސް ފެނިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު އައިފާން ވިދާޅުވީ، 20 ވަނަ މަޖިލީހަކީ، އިދިކޮޅުގެ ބައި ކިތަންމެ މަދު ނަމަވެސް، ހަމަހަމަ ފުރުސަތުތައް ދީގެން ކުރިއަށްދާ މަޖިލީހެއް ކަމަށެވެ. މިގޮތުން، އެމްޑީޕީގެ މެންބަރުންނަށް ވެސް ފުރުސަތު ދީގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ވާހަކަ ދެއްކުމާއި، ބިލާއި ގަރާރުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބެމުންދާ ކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވަނީ، އިދިކޮޅު ފަރާތްތަކުން "މީހުންނަށް އޮޅޭގޮތަށް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތްކަމަށް" ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ވާހަކަ ދައްކަން ޖެހޭނީ ތަފާސްހިސާބަށް ބަލައިގެން، ފެކްޓްތަކުގެ މައްޗަށް ކަމަށެވެ.

"20 ވަނަ މަޖިލީހުން ކުރި މަސައްކަތެއް 19 ވަނަ މަޖިލީހަކަށް ނުކުރެވޭނެ. މާ އުފެއްދުންތެރި މަސައްކަތްތަކެއް 20 ވަނަ މަޖިލީހުން ވަނީ ކޮށްފައި،" އައިފާން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، 19 ވަނަ މަޖިލީހުގައި އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރަމުންދިޔަ މަސައްކަތްތަކާއި، އެ ސަރުކާރުގެ ކޮރަޕްޝަނާއި ނާޖާއިޒު ޢަމަލުތަކުގެ ވާހަކަ ދައްކަމުންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް، އެ މަޖިލީހުން އެކަންކަމަށް ފަރުވާލެއް ނުބެހެއްޓިކަމަށާއި އަދި އެމްޑީޕީ ސަރުކާރުން އަޅައެއް ނުލި ކަމަށް އައިފާން ވިދާޅުވިއެވެ.

"މިއަދު މަޖިލީހުގައި އެމްޑީޕީގެ މެންބަރެއް ކަމުގައި ވިޔަސް، ލާ ގަރާރުތަކާއި ބިލުތައް ބަލައިގަނެ ފުރުސަތު ދޭ. މައްސަލަތައް ލަނީ ހަމައެކަނި ވަގުތު ނަގާލަން ކަމަށް ބަލައި، ބަލައިނުގަންނާނެ ކަމަށް ހީކޮށެއް،" އައިފާން ވިދާޅުވިއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތުޚަބަރު | 3 މަސް ކުރިންމެމްބަރު އައިފާން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ރައްދުދީފި ޚަބަރު | 3 މަސް ކުރިންއެމްޑީޕީން ޓާމިނަލްގެ މަސައްކަތް ސްޕީޑުގައި ކުރިއަށް ގެންދިޔަނަމަ މިއަދު ވާނީ ފައިދާ : މެންބަރު އައިފާންޚަބަރު | 6 މަސް ކުރިންއެމްޑީޕީ އުޅެނީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅާފާނެތީ ބިރުން : އައިފާން ޚަބަރު | އަހަރެއް ކުރިން