logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ޓާމިނަލްގެ މަސައްކަތް ސްޕީޑުގައި ކުރިއަށް ގެންދިޔަނަމަ މިއަދު ވާނީ ފައިދާ : މެންބަރު އައިފާން

އާމިނަތު ޝަފާ
7 ޖުލައި 2025 - 10:42
އެމްޑީޕީން ޓާމިނަލްގެ މަސައްކަތް ސްޕީޑުގައި ކުރިއަށް ގެންދިޔަނަމަ މިއަދު ވާނީ  ފައިދާ : މެންބަރު އައިފާން

އެމްޑީޕީގެ 5 އަހަރު ނިމިގެންދިޔައިރު އެއަރޕޯޓު ޓާރމިނަލް ސްޕީޑުގައި ކުރިއަށް ދިޔަ ނަމަ މިއަދު ރައްޔިތުންނަށް ފައިދާ ކުރަމުންދިޔައީސްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭރު ބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައިފާން ވިދާޅުވީ މިފަދަ ވާހަކަތަކަކީ މަސްލަހަތު ނަގާލަން ފަތުރަމުން އަންނަ ވާހަކަތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެރަވާނެފަދަ އެއްވެސްކަމެއް ނުކުރާނެކަމަށް އައިފާން ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް އަމާޒު ހިފާފައިވަނީ މި ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއުގެ މަސައްކަތުގެ ދުވެލި މަޑުޖެހި ރައީސް ޑރ. މުއިއްޒު ވެރިކަމަށް އައިއިރު ނިމިފައިވަނީ މަޝްރޫއުގެ 54 އިންސައްތައެވެ. މިކަމަށް އިޝާރާތްކުރައްވައި އައިފާން ވިދާޅުވީ އެމްޑީޕީގެ 5 އަހަރު ނިމިގެންދިޔައިރު އެއަރޕޯޓު ޓާރމިނަލް ސްޕީޑުގައި ކުރިއަށް ދިޔަ ނަމަ މިއަދު ރައްޔިތުންނަށް ފައިދާ ކުރަމުންދިޔައީސްކަމަށާއި ނަމަވެސް އެމްޑީޕީން އިސްކުރީ އަމިއްލަ އެދުންކަމަށެވެ.

" އެމްޑީޕީން އުޅުނީ އަމިއްލަ ފައިދާ ހޯދަން. އެހެންވެ ލަސްވެގެންދިޔައީ. މިހާރު ވާހަކަ ދައްކަނީ ކަންކަން އޮޅޭގޮތަށް . އަޅުގަނޑު ދޭ ޔަގީންކަމަކީ އެކަހަލަ ވިޔާނުދާ ކަމެއް މި ސަރުކާރަކުން ނުކުރާނެކަން".

މަޝްރޫއު ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ދެ ފަންޑުން ޖުމްލަ 180 މިލިއަން ޑޮލަރު، ނުވަތަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާ ޓާމިނަލާއެކު 7.5 މިލިޔަން ފަތުރުވެރިންނަށް އަހަރަކު ޚިދުމަތް ދިނުމުގެ ގާބިލްކަން ހުންނާނެއެވެ. ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލާއެކު އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތުޚަބަރު | 3 މަސް ކުރިންމެމްބަރު އައިފާން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ރައްދުދީފި ޚަބަރު | 3 މަސް ކުރިންއެމްޑީޕީން ޓާމިނަލްގެ މަސައްކަތް ސްޕީޑުގައި ކުރިއަށް ގެންދިޔަނަމަ މިއަދު ވާނީ ފައިދާ : މެންބަރު އައިފާންޚަބަރު | 6 މަސް ކުރިން