logo
Bank of Maldives

Bank of Maldives

ޚަބަރު

މެމްބަރު އައިފާން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ރައްދުދީފި

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 09:54
މެމްބަރު އައިފާން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ރައްދުދީފި

ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކަށް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ސަހުޔޫނީން ހުރަސްއެޅުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރައްޔިތުންެގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ދެއްކެވި ވާހަކަފުޅުން ބައެއް އުނިއިތުރުކޮށްގެން ސޯޝަލް މީޑިޔާގައި ދައްކަންފެށުމާ ގުޅިގެން އައިފާން އެކަމަށް ރައްދު ދެއްވައިފިއެވެ.

'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކަށް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ސަހުޔޫނީން ހުރަސްއެޅުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ދިވެހި ސަރުކާރުން ޣައްޒާ މަސައްލައިގައިވެސް އަދި ޞުމޫދް ފްލޮޓިއްލާގެ ދިފާއުގައިވެސް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު ލިބުނު ފުރުސަތުގައި މެމްބަރު އައިފާންވަނީ އިިކޮޅު ފަރާތްތަކަށް މަޖިލީހުގެ ތަޅުމުގައިވެސް ރައްދުދެއްވާފައެވެ. ނަމަވެސް އައިފާނު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުން ބަައެއް މީސްމީޑިޔާގައި ފަތުރައި ނުބައި މާނައެއް ދޭހަކޮށްދޭން މަސައްކަތްކުރާތީ މިއަދު އަނެއްކާވެސް މެމްބަރުވަނީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރައްވާފައެވެ.

މައްސަލައިގައި އައިފާން ވިދާޅުވީ މަޖިލީހުގެ ބަހުސް ގައި ސަރުކާރު ކުއްވެރި ވާގޮތަށް، އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކަށް  ރައްދު ދެއްވި ގޮތުގެ ބައެއް އުނި އިތުރު ކުރުމަށް ފަހު ، އާންމުންނަށް ދެކި ވާހަކައިގެ ދޭހަ އޮޅޭ ގޮތަށް ދައުރުކުރަމުންދަނީ  ހަގީގަތް އޮޅުވައިލުމަށް ކަމަށެވެ. 

އަދި މަޖިލީހުގައި ދެއްކެވީ އޮކްޓޯބަރު 7، 2023 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާދީ، ކުށެއް ނެތް އާއްމުންނާއި ދިފާއުވާނެ ގޮތެއް ނެތް ރައްޔިތުންނާއި ކުރިމަތިލައި ކުރިއަށްގެންދަން ފެއްޓި ގަތުލު އާއްމާ ގުޅިގެން އެއިރު ދިވެހިރާއްޖޭގައި އޮތް ވެރިކަމާއި މަޖިލީހުން އަމަލުކުރި ގޮތުގެ ވާހަކަ ކަމަށާއި އެގޮތުން ހަނގުރާމައިގެ ނަމުގައި އާއްމުންނާއި މައުސޫމު ކުޑަކުދިން މަރަމުންދިޔަ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން ތިބި ޔަހޫދީން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވައިލާ ފުރަތަމަ ރައްޔިތުން މުޒާހަރާ ކުރީ އެމްޑީޕީ ސުޕަރ މެޖޯރިޓީ މަޖިލީހަކާއި އެ ޕާޓީގެ ސަރުކާރާ ދެކޮޅަށް ކަމަށް އައިފާން ވިދާޅުވިއެވެ. 

އިތުރަށް އައިފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްގައި، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުން އެދުނު ނަމަވެސް އެއިރު އެކަން ނުކުރެވި އޮއްވައި، ވެރިކަން ބަދަލުވެ ކޮންގްރެސް ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ރައްޔިތުން އެދުނު ގޮތަށް އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ. 

އައިފާން ވިދާޅުވީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ މަޖިލީހުގެ ބައެއް މެންބަރުން ކަންކަަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވާތީ އެކަންކަމުގެ ހަގީގަތް ބަޔާންކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތުޚަބަރު | 3 މަސް ކުރިންމެމްބަރު އައިފާން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ރައްދުދީފި ޚަބަރު | 3 މަސް ކުރިންއެމްޑީޕީން ޓާމިނަލްގެ މަސައްކަތް ސްޕީޑުގައި ކުރިއަށް ގެންދިޔަނަމަ މިއަދު ވާނީ ފައިދާ : މެންބަރު އައިފާންޚަބަރު | 6 މަސް ކުރިން