logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުން އިއްތިފާގުން ފާސްކޮށްފި

އަޙުމަދު ރިޝާން
15 ސެޕްޓެމްބަރު 2026 - 05:56
ޕީއެންސީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުން އިއްތިފާގުން ފާސްކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި، ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކާއެކު މުޅި ގަވާއިދު މަތީ މަޖިލީހުގެ މަންދޫބުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

މި ބައްދަލުވުމުގައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވީ، މި ބަދަލުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ކަމަށެވެ. އެގޮތުން ޕާޓީގެ އިސްސަފުން މެންބަރުންނަށް ޝާމިލުވުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި އައު ހަރަކާތްތަކެއް ވަނީ ތައާރަފުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އަސާސީ ގަވާއިދުގައި ހިމަނާފައިވާ އައު ހަރަކާތްތަކުގެ ތެރޭގައި ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހާއި، އަންހެނުންގެ ހަރަކާތާއި، ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތް ހިމެނެއެވެ. މީގެއިތުރުން، ޕާޓީގެ މަސައްކަތްތައް ސިޔާސީ އަދި ފަންނީ އެކި ދާއިރާތަކުން ފުޅާކުރުމަށްޓަކައި އިގުތިސާދީ، ގައުމީ ސަލާމަތް، ސިއްހަތު، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

މި އިސްލާހުތަކާއެކު ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ ދައުރު ވެސް އަސާސީ ގަވާއިދުގައި ވާނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. މި ސެޝަނުގައި 1064 މަންދޫބުން ބައިވެރިވެވަޑައިގެންނެވި އިރު، ހުރިހާ މަންދޫބުންގެ ވެސް ވޯޓާ އެކު މި ގަވާއިދު ވަނީ ފާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުން އިއްތިފާގުން ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއް، އަބަދުވެސް އިސްކުރާނީ ވަކި މީހެއްގެ ޒާތީ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން