logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއް، އަބަދުވެސް އިސްކުރާނީ ވަކި މީހެއްގެ ޒާތީ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު: ރައީސް

އަޙުމަދު ރިޝާން
15 ސެޕްޓެމްބަރު 2026 - 04:26
ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއް، އަބަދުވެސް އިސްކުރާނީ ވަކި މީހެއްގެ ޒާތީ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު: ރައީސް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ޕާޓީގެ މައިގަނޑު ފަލްސަފާއަކީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ވިދާޅުވެއްޖެއެވެ.

ސިޔާސީ މައިދާނަށް ޕީއެންސީ ނުކުތްއިރު އެ ޕާޓީގައި ތިބީ އެންމެ 3،000 އެއްހާ މެންބަރުން ކަމުގައި ވިޔަސް، މިއަދު އެ އަދަދު ގާތްގަނޑަކަށް 80،000 އަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ޕާޓީ ވަރުގަދަކުރުމަށް އާންމު މެންބަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯއާއި ހާރިޖީ ސިޔާސަތު ވެސް ބައްޓަންކުރެވިފައިވަނީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ. އަދި ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި، އަބަދުވެސް އިސްކުރާނީ ވަކި މީހެއްގެ ޒާތީ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްތަކަށް ޕީއެންސީގެ އެއްވެސް މެންބަރަކު ޖާގަދީގެން ނުވާނެ ކަމަށާއި، މިހާރު ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދަނީ ނުހަނު ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޕީއެންސީން އަބަދުވެސް އިސްކަންދޭނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ ގައުމީ ސަގާފަތާއި، ދިވެހިވަންތަކަން ހިމާޔަތް ކުރިއެރުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްދާ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ގައުމީ މަސްލަހަތު އިސްކޮށް ސާބިތުކަމާއެކު ދެމިތިބުމަށް ހުރިހާ މެންބަރުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއް، އަބަދުވެސް އިސްކުރާނީ ވަކި މީހެއްގެ ޒާތީ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރައީސް އޮފީހުގެ އިސް ދެ މަޤާމަކަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފިޚަބަރު | 13 ގަޑިއިރު ކުރިންނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | ދުވަހެއް ކުރިން