logo
MPL

MPL

ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2026 - 16:06
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

މިމަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެއަރޕޯޓުން މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތްތަކުގައި ސްކޫލް ކުދިންގެ ސަޤާފީ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ. އަދި ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެއް ނަންބަރު ޖެޓީންނެވެ.

Malaysia-Maldives

 

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ވާހަކަދެކެވޭނެއެވެ. މީގެއިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރު 58 އަހަރު ވެފައިވާއިރު، ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އަދި ތަރައްޤީގެ އެކި ދާއިރާތަކުން ވަނީ ބަދަހި އަދި ގާތް ރަޙްމަތްތެރިކަމެއް ޤާއިމުކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން