logo
Bank of Maldives

Bank of Maldives

ޚަބަރު

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފި

އަޙުމަދު ރިޝާން
14 ސެޕްޓެމްބަރު 2026 - 03:48
ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު  މާލެ އަތޮޅުގެ ރަށްތަކުން ފަށައިފި

ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތަކާއި އާންމު ސަރަހައްދުތަކުގައި ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިގޮތަށް، މިހާރު އެ މަސައްކަތް މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޯޑުތައް ފޮނުވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކަށްވެސް މި ބޯޑުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވުޒާރާއިން މައުލޫމާތުދޭގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރިވެތި އާދަތައް އަށަގެންނެވުމާއި، ހެޔޮކަންކަން ކުރުމަށް ހަނދާންކޮށްދީ ހިތްވަރުދިނުމެވެ.
ސަރުކާރުގެ ބަޖެޓުގެ އިތުރުން އާންމު ރައްޔިތުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢަކީ ދިވެހީންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމަށް ސަރުކާރުން ގެންގންދަވާ ހަރުދަނާ ސިޔާސަތެއްގެ ދަށުން ކުރިއަށްދާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޒިކުރު ބޯޑުތައް ބަހައްޓަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 2 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 15 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | 21 ގަޑިއިރު ކުރިން