logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފި

އަޙުމަދު ރިޝާން
13 ސެޕްޓެމްބަރު 2026 - 07:42
ރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް އިތުރު ދާއިރާތަކަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތު ދިނުމުގެ ގޮތުން މިފަހަރު ހުޅުވާލާފައިވަނީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓްގައި ޚާއްޞަކޮށްފައިވާ ޕޯޓަލް (https://rayyithungeadu.presidency.gov.mv/) މެދުވެރިކޮށް، 22 ސެޕްޓެމްބަރު 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް އެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާނެއެވެ.

ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި މި ސިލްސިލާގެ ދަށުން މިހާތަނަށް ފަސް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި ވަކިވަކި ދާއިރާތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ކުރީގެ ބައްދަލުވުންތަކުގައި ޖުމްލަ 16 ދާއިރާއެއްގެ ރައްޔިތުންނަށް ވަނީ މި ފުރުސަތު ލިބިގެންގޮސްފައެވެ

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | 33 މިނިޓު ކުރިންސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓަން ރައީސްގެ މަތިވެރި އިލްތިމާސެއްޚަބަރު | 5 ގަޑިއިރު ކުރިންއިސްލާމްދީނަކީ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމުގެ މަތިވެރި އިލާހީ ނިޢުމަތެއް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން''ވަގުފު ކުންފުނި ވެގެންދާނީ ވަށާޖެހޭ ތަރައްގީއަށާއި ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް''ޚަބަރު | 13 ގަޑިއިރު ކުރިން