logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގުފު ކުންފުނި ވެގެންދާނީ ވަށާޖެހޭ ތަރައްގީއަށާއި ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 19:15
''ވަގުފު ކުންފުނި ވެގެންދާނީ ވަށާޖެހޭ ތަރައްގީއަށާއި ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް''

މިއަދު އަލަށް އުފެއްދެވި ގައުމީ ވަގުފު ކުންފުނި ވެގެންދާނީ ރާއްޖޭގެ ވަށާ ޖެހޭ ތަރައްގީ އާއި، ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ މުހިންމު ވަސީލަތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން މިއަދު ވަނީ "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައި، އެ ކުންފުނީގެ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާ ކަމުގައި ކަނޑައަޅުއްވާފައެވެ. ވަގުފަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ހާއްސަ މަފްހޫމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ލާމެހިގެންވާ އިލާހީ ހިކުމަތްވަންތަކަމުގެ ދަލީލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ދީނީ ކަންކަމަށް ބޮޑެތި ހޭދަތައް ކުރަން ބޭނުންފުޅުވާ ކަމަށާއި، މި ކުންފުނީގެ ދަށުން އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރުމާއި، މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އިތުރުން ވަގުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމަށް މި ކުންފުނީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް،" ރައީސް ވިދާޅުވިއެވެ.

ވަގުފުގެ ސަބަބުން އިގުތިސާދީ ހަރުދަނާ ބިންގަލެއް އެޅި، އޭގެ މަތީގައި ފަރުދީ އަދި އިޖުތިމާއީ މަންފާގެ ބިނާތައް އާރާސްތުވާކަން ފާހަގަކުރައްވަމުން، އިސްލާމީ ތާރީޚުގައި ފިކުރީ އިލްމީ ސިކުނޑިތައް އުފެއްދުމާއި ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގައި ވަގުފުގެ ދައުރު ބޮޑުކަން ރައީސް ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން، 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި މި ކުންފުންޏަކީ މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ވަގުފު ކުންފުނި ވެގެންދާނީ ވަށާޖެހޭ ތަރައްގީއަށާއި ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް''ޚަބަރު | 18 މިނިޓު ކުރިން''ރާއްޖޭގެ މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން، އެންމެ ބޮޑު އައްޑަނައަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން''ޚަބަރު | ގަޑިއިރެއް ކުރިންދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިންދިވެހީންގެ ނަޞްރަކާއި، ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން