logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން، އެންމެ ބޮޑު އައްޑަނައަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ސެޕްޓެމްބަރު 2026 - 18:12
''ރާއްޖޭގެ މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން، އެންމެ ބޮޑު އައްޑަނައަކީ  އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން''

ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އިސްލާމްދީނުގެ ސަބަބުން ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް ލިބުނު ރައްކާތެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އެގޮތުން އިސްލާމްދީން އައުމުގެ ކުރިން އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، އިންސާނީ ފުރާނައިގެ ޙުރުމަތާއި އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ އިސްލާމީ ހިދާޔަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޖުތަމަޢާއި އާއިލާތައް ހަލާކުކުރާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް މިއަދު އުފެއްދެވިކަން އިޢުލާނުކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ކުންފުންޏަކީ ދީނީ ދާއިރާއަށް އާ ދިރުމެއް ގެނެސްދީ، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެކެވެ.

ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނުކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ބަވަނަވެފައިވާ ދުނިޔޭގެ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ދަޢުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، އައްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އައްރާޖިހީ އަދި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ރާއްޖޭގެ މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން، އެންމެ ބޮޑު އައްޑަނައަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން''ޚަބަރު | ގަޑިއިރެއް ކުރިންދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިންދިވެހީންގެ ނަޞްރަކާއި، ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފިޚަބަރު | 5 ގަޑިއިރު ކުރިން