logo
MPL

MPL

ޚަބަރު

ދިވެހިރާއްޖެއިން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެއްޖެ

އަޙުމަދު ރިޝާން
22 ސެޕްޓެމްބަރު 2026 - 06:40
ދިވެހިރާއްޖެއިން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެއްޖެ

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖެއިން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ނޫ ޢިޤްތިޞާދާ ގުޅޭ ދެ ދުވަހުގެ ފަންނީ މަސައްކަތު ބައްދަލުވުމެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ނޫ އިޤްތިޞާދު ކުރިއަރަމުންދާ މިދަނޑިވަޅުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން މި ދާއިރާއިން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް ސުން އިންސައްތަ (0%) ޓެރިފެއްގައި ބޭރުކުރެވެމުންދާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދިޔެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު ކުރީ އަހަރުތަކާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ފެށުމެއް ކަމަށާއި މިއީ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމު ގުޅިގެން މި ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، މިވަގުތުވެސް ދިވެހި ބައިވެރިންތަކެއް ޗައިނާގައި ހިންގާ ސެމިނަރއެއްގައި ބައިވެރިވެ މަސް އާލާކުރުމާއި ނޫ އިޤްތިޞާދުގެ މަސައްކަތްތައް ދަސްކުރަމުންދާ ކަމަށެވެ. އަދި މިދިޔަ އަހަރު ޗައިނާގެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގައި ހުއިފިލަނޑާ އާލާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ މަސައްކަތްތަކުގެ ސަބަބުން ދިވެހި މަސްވެރިކަމަށް އާރޯކަން ލިބި، އުފެއްދުންތެރިކަން އިތުރުވެ، އަދި ނޫ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި މިދާއިރާއަށް ގިނަ ޒުވާނުންތަކެއް ނުކުންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސްޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 23 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ އެޅިގެންދިޔެ ވަރަށް ވަރުގަދަ ބިންގަލަލެއް: ސަފީރުޚަބަރު | މަހެއް ކުރިންޗައިނާގެ އަހަރީ ދުވަހުގެ ތަހުނިޔާއާއެކު ރައީސް ދެއްވީ ދެޤައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމުގެ މެސެޖެއްޚަބަރު | މަހެއް ކުރިން