logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ވިސްނުންފުޅާ ހަމަޔަށް ވެސް ކުރީގެ ސިޔާސީ ލީޑަރުންނަށް ނާދެވޭނެ: އަބްދުﷲ އަބްދުއްރަހީމް

އައިޝަތު އިނާޝާ
23 ސެޕްޓެމްބަރު 2026 - 11:53
ރައީސްގެ ވިސްނުންފުޅާ ހަމަޔަށް ވެސް ކުރީގެ ސިޔާސީ ލީޑަރުންނަށް ނާދެވޭނެ: އަބްދުﷲ އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ ހަމަޔަށް ވެސް ކުރީގެ ސިޔާސީ ލީޑަރުންނަށް ނާދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީގައި ތިއްބެވި ކުރީގެ ދެ ރައީސުންކަމަށްވާ އިބްރާހިމް މުހައްމަދު ސާލިހާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން ވެސް މިހާރު ވަނީ ދެން އެ ބޭފުޅުންނަށް ރާއްޖޭގައި ވެރިކަން ނުކުރެއްވޭނެކަން އަމިއްލައަށް ގަބޫލުފުޅު ކުރައްވާފައި ކަމަށެވެ. ވިދާޅުވީ އެބޭފުޅުން ބޭރުގެ ފަރާތަތަކާއެކު ވެފައިވާ ސިއްރު ވައުދުތަކުގެ ސަބަބުން ދިވެހި ދައުލަތައް އިންތިހާއަށް ގެއްލުން ވެފައިވާކަން މިއަދު ދިވެހި ރައްޔިތުންނަށް އިނގޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ރައްޔިތުންނަށް އިނގޭ އެބޭފުޅުން ބޭރުގެ ފަރާތްތަކާއެކު ހަދާފައިވާ ވަގު ޑީލްތަކުގެ ސަބަބުން ދިވެހިންނަށް އިންތިހާއަށް ގެއްލުން ދީފައިކަން އެބޭފުޅުން ވެރިކަން ކުރައްވާފައި އޮތީ. އެހެންވެގެކަން އެބޭފުޅުން ވެރިކަމުން ބާލާފައިވެސް އެތިބީ. ވެރިކަމަށް ދެވަނަ ފަހަރަށް އިންތިހާބުވެސް ނުކުރީ. ދެންވެސް ދިވެހިންނެއް އެބޭފުޅުން ވެރިކަމަކަށް އިންތިހާބެއް ނުކުރާނެ: އަބްދުﷲ އަބްދުއްރަހީމް

އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އަނިޔާވެރިން ރާއްޖޭގެ ވެރިކަމުގައި ބައިތިއްބާކަށް ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ މުރާލި، ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާނެ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރަން ކަމަށެވެ. އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެކަން މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާ ކަމަށެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ 80،000 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ޕީއެންސީގެ ކޮންގެރެސްގައި ވަނީ އިއްތިފާގުވެފައި ދެވަނަ ދައުރެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދިނުމަށްޓަކައި: އަބްދުﷲ އަބްދުއްރަހީމް

އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިގޮތުގައި ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ނިންމީ އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ކަމަށެވެ. ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅާ ހަމަޔަށް ވެސް ކުރީގެ ސިޔާސީ ލީޑަރުންނަށް އާދެވޭނެ ކަމަކަމަށް ގަބޫލުފުޅު ނުކުރެއްވޭނެ ކަމަށެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވިސްނުންފުޅާ ހަމަޔަށް ވެސް ކުރީގެ ސިޔާސީ ލީޑަރުންނަށް ނާދެވޭނެ: އަބްދުﷲ އަބްދުއްރަހީމްޚަބަރު | 2 ގަޑިއިރު ކުރިންއަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުން: އަބްދުﷲއަބްދުއްރަހީމްޚަބަރު | 8 ގަޑިއިރު ކުރިން