logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ ހުއްދަ ސްލޮވީނިއާ ކުންފުންޏަކަށް

އަޙުމަދު ރަފީޢު
27 ސެޕްޓެމްބަރު 2026 - 10:21
ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރުން ބޭނުންކުރާ ބޯޓުތަކެއް
ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރުން ބޭނުންކުރާ ބޯޓުތަކެއް

ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ ހުއްދަ ސްލޮވީނިއާގެ ކުންފުންޏަކަށް ދީފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ)ގެ ހުއްދަ މިމަހުގެ 20 ވަނަ ދުވަހު ދީފައިވަނީ ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށެވެ.

އެމްސީއޭއޭގެ ހުއްދަ ލިބުމާ ގުޅިގެން ސިވިލް އެމްސީއޭއޭ އިން ފާސްކޮށްފައިވާ ޕައިލެޓް ތަމްރީން ޕްރޮގްރާމްތައް އޭސީސީއަށް ކުރިއަށް ގެންދެވޭނެ އެވެ.

އޭސީސީން ބުނީ އެ ސެންޓަރުގެ ހިދުމަތްތައް ބައިނަލްއަގްވާާމީ ގޮތުން ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގައި އެމްސީއޭއޭގެ ހުއްދަައަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްސީއޭއޭ އިން ވަނީ ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރެއިނިން ޑިވައިސްއަށް ސިވިލް އޭވިއޭޝަނުން ކޮލިފިކޭޝަން ސެޓްފިކެޓްވެސް ދޫކޮށްފައިވެ އެވެ.

ސިމިއުލޭޓަރު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އެމްސީއޭއޭ އިން ފާސްކޮށްފައިވާ ކޯސްތަކުގެ ތެރެއިން އެ ޑިވައިސް ބޭނުންކުރަން ޖެހޭ ތަމްރީންތަކަށް އެކަންޏެވެ.

އެމްސީއޭއޭ އިން ދޫކުރި ހުއްދައާ ގުޅިގެން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އޮނިގަނޑުގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްލޮވީނިއާގައި ތަމްރީން ހެދޭނެ އެވެ.

ޒެނިތު އޭވިއޭޝަން އެކަޑެމީއާ ގުޅިގެން އައްޑޫ ސިޓީގެ ގަމުގައި ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ހިނގަމުންދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ ހުއްދަ ސްލޮވީނިއާ ކުންފުންޏަކަށްޚަބަރު | ގަޑިއިރެއް ކުރިންބަޖެޓުން ކުރި ބޮޑު އިސްރާފަށް ޒިންމާވާނެ ބަޔަކު ނެތިފައި ޚަބަރު | 2 އަހަރު ކުރިން