logo
E-Platinum
ދުނިޔެ

ޕެރޫގެ ކުރީގެ ރައީސްގެ މައްޗަށް 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
22 އޮކްޓޯބަރު 2024 - 04:27
ޕެރޫގެ ކުރީގެ ރައީސްގެ މައްޗަށް  20 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

ފްރީވޭ ކޮންޓްރެކްޓެއް ހޯދުމުގެ ބަދަލުގައި ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޮޑެބްރެކްޓްގެ އަތުން ރިޝްވަތުގެ ގޮތުގައި 35 މިލިއަން ޑޮލަރު ނެގި ކަމަށް ބުނެ ޕެރޫގެ ކުރީގެ ރައީސް އަލެހަންޑްރޯ ޓޮލެޑޯ 20 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ރައީސްކަން ކުރެއްވި އުމުރުން 78 އަހަރުގެ އަލެހަންންޑްރޯ ޓޮލެޑޯއަކީ އޮޑެބްރެކްޓްއާ ގުޅިފައިވާ ކޮރަޕްޝަންގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވި ލެޓިން އެމެރިކާގެ ހައި ޕްރޮފައިލް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

2019 ވަނަ އަހަރު އެމެރިކާއިން ހައްޔަރުކޮށް 2022 ވަނަ އަހަރު ޕެރޫއަށް ފޮނުވާލި ޓޮލެޑޯ ވަނީ އޭނާގެ ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށް ބޭސްފަރުވާގެ ދަށުން ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ހުށަހެޅުއްވި މައްސަލާގައި ކެންސަރު ފަދަ ސިއްހީ މައްސަލަތަކެއް ވެސް ފާހަގަކުރިއެވެ.

ޓޮލެޑޯގެ މައްޗަށް އިއްވި ހުކުމުގެ ސަބަބުން ޕެރޫގެ ކުރީގެ އެހެން ރައީސުން ކަމަށްވާ ޕެޑްރޯ ޕަބްލޯ ކުޒިންސްކީ އާއި އޮލާންޓާ ހުމާލާއަށް ވެސް އެފަދަ ތަހުގީގަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެރޫގެ ކުރީގެ ރައީސްގެ މައްޗަށް 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިދުނިޔެ | 9 މަސް ކުރިންވޯލްޑް ކަޕް ކޮލިފިކޭޝަން: ޕެރޫއާއި ދެކޮޅަށް ބްރެޒިލްއިން 4-0 ގެ ފަސޭހަ މޮޅެއްކުޅިވަރު | 10 މަސް ކުރިން