logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ކަޕް ކޮލިފިކޭޝަން: ޕެރޫއާއި ދެކޮޅަށް ބްރެޒިލްއިން 4-0 ގެ ފަސޭހަ މޮޅެއް

މުޙައްމަދު މައިހާން
16 އޮކްޓޯބަރު 2024 - 14:15
ރަފިންހާ ކުޅުމުގެ ތެރެއިން
ރަފިންހާ ކުޅުމުގެ ތެރެއިން

 

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދެކުނު އެމެރިކާ ސަރަހައްދުގައި މިއަދު ހެނދުނު ބްރެޒިލް އާއި ޕެރޫ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވާދަކުރި މެޗް މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެޒިލް އިން ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޯރިގަދަ ކުޅުމެއް ފެނުނު މެޗްގައި ބްރެޒިލް ވަނީ މުޅިމެޗް ޑޮމިނޭޓްކޮށްފައެވެ. ކޮލިފައިންގައި ޗެލެންޖިން ފެށުމަކަށްފަހު ބްރެޒިލުން ވަނީ ރަނގަޅު ކުޅުމެއްދައްކައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައެވެ. މުހިއްމު ކުޅުންތެރިންކަމަށްވާ ރަޕިންހާ އާއި ރޮޑްރިގޯ އަދި ސަވީނިއޯ ދެއްކި ހުނަރުވެރި ކުޅުމާއި ސްޓްރެޓެޖިކް ޓީމްވޯކުން ޓީމުގެ ކާމިޔާބީއަށް ބޮޑު ދައުރެއް އަދާކުރިއެވެ. މިމޮޅަކީ ބްރެޒިލްގެ ސްޓޭންޑިންގް ކުރިއެރުވުމެއް ނޫންނަމަވެސް މިއީ ވޯލްޑްކަޕަށް ކުރާ ދަތުރު ކުރިއަށް ގެންދިއުމަށް ކެތްމަދުވެފައިވާ ސަޕޯޓަރުންގެ މެދުގައި އުއްމީދު އަލުން އާލާކޮށްދޭ މޮޅެކެވެ.

ބުރެޒިލް އާއި ޕެރޫ ވާދަކުރި މެޗްގައި ކޮންމެ ހާފެއްގައިވެސް ޕެނަލްޓީއަކުން ލަނޑުޖަހައި ރަފިންހާ ވަނީ ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައި އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ޕެރޫ އަތުން މޮޅުވުމަށް ބްރެޒިލްއަށް މަގުދައްކައިދީފައެވެ.

"އަހަރެންނަށް ހީވަނީ މީ އަހަރެމެންނަށް ބޭނުންތެރިކަމެއްހެން، އަލުން ރަނގަޅު މަގަށް އައުމަށް ދެ މެޗުންވެސް މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް" ބްރެޒިލްގެ ޓީވީ ގްލޯބޯއަށް ދިން އިންޓަވިއުއެއްގައި މެޗަށްފަހު ރަފިންހާ ބުންޏެވެ..

"އެއީ އަހަރެމެންނަށް ކޮންޓްރޯލް ކުރެވުނު ދެ މެޗު. އެއީ ފުރިހަމަކަމާ ވަރަށް ދުރު މެޗެއް، އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން މިތިބީ ރަނގަޅު މަގުގައި" ރިފިންހާ އިތުރަށް ފާހަގަކުރިއެވެ.

މިދިޔަ ހަފްތާގައި ޗިލީގައި 2-1 އިން ކަމްބޭކް މޮޅުވި މެޗުގެ މައްޗަށް ބިނާކޮށް ބްރެޒިލް ފެށުނީއްސުރެވެސް މޮޅު ކުޅުމެއް ދައްކައި މެޗްޑޮމިނޭޓް ކުރިއިރު، ފަހުކޮޅު އެންޑްރިއަސް ޕެރޭރާ އާއި ލުއިޒް ހެންރިކޭގެ ގޯލުތަކާއި އެކު ބުރެޒިލްއިން ރީތި ކުޅުމެއް ދެއްކިއެވެ.

ބުރާސްފަތި ދުވަހު ޗިލީ އަތުން މޮޅުވުމުގެކުރިން ކޮލިފައިންގައި ކުޅުނު ފަސް މެޗުގެތެރެއިން ހަތަރު މެޗުން ބަލިވި ބްރެޒިލް އޮތީ 10 މެޗަށް ފަހު 16 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތް އުރުގުއޭ އަށް ވުރެ ފަހަތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 6 ދުވަސް ކުރިންފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 8 ދުވަސް ކުރިން"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | 11 ދުވަސް ކުރިންރައީސް، ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 11 ދުވަސް ކުރިން