logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ވިނީސިއަސްގެ މޮޅުކުޅުމާއެކު ބްރެޒިލް ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށްފި

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2026 - 03:05
ވިނީސިއަސްގެ މޮޅުކުޅުމާއެކު ބްރެޒިލް ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށްފި

އެމެރިކާގެ އޮރލެންޑޯގައި ކުޅުނު ރިއަލް މެޑްރިޑްގެ ކުރީގެ އަދި މިހާރުގެ ތަރިން ބައްދަލުކުރި ފޯރިގަދަ މެޗުގައި، ކްރޮއޭޝިއާގެ މައްޗަށް 3-1 އިން ބްރެޒިލް ކުރި ހޯދައިފިއެވެ. މި މެޗުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައި، ޓީމަށް ލީޑު ނަގައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ބްރެޒިލުން ލީޑު ނެގީ ބޮޓަފޯގޯގެ މިޑްފީލްޑަރު ޑެނީލޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ވިނީޝިއަސްއެވެ. އޭނާ ވަނީ ކްރޮއޭޝިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ވަރަށް ފުރިހަމަ ކަޓްބެކެއް އޭރިއާ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 84 ވަނަ މިނެޓުގައެވެ. ފްރޫކް ކަނާތްފަރާތުން ފޮނުވާލި ހުރަހަކުން ލޮވްރޯ މާޔާ ވަނީ ގާތުގައި ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް މި އުފާވެރިކަން ކްރޮއޭޝިއާއަށް ދެމިއޮތީ އެންމެ ދެ މިނެޓަށެވެ. ބްރެޒިލްގެ އެންޑްރިކަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އީގޯ ތިއާގޯ ވަނީ ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޖެހި ފުރަތަމަ ލަނޑެވެ.

ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އާސެނަލްގެ ފޯވާޑް ގަބްރިއަލް މާޓިނެލީއެވެ. އޭނާ ވަނީ އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައި، ބްރެޒިލްގެ ސަޕޯޓަރުން އުފާކޮށްދީފައެވެ.

މި މެޗުގައި ވިނީޝިއަސް ޖޫނިއާ ވަނީ 67 މިނެޓު ކުޅެފައެވެ. އޭނާ ވަނީ މެޗުގައި ޖުމްލަ 4 ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މިމޮޅާއެކު މިހާތަނަށް ވޯޅްޑްކަޕް އެންމެ ގިނަފަހަރަށް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިއަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާނީ ބޮޑު އުއްމީދަކާއެކީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސްގެ މޮޅުކުޅުމާއެކު ބްރެޒިލް ފަސޭހަކަމާއެކު ކްރޮއޭޝިއާ ބަލިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެކުޅިވަރު | 5 ދުވަސް ކުރިންރޮޑްރީގޯ އާއި އެސްޓެވާއޯގެ މޮޅުކުޅުމާއެކު ބްރެޒިލުން ކޮރެއާ ބަލިކޮށްފިކުޅިވަރު | 6 މަސް ކުރިންފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 7 މަސް ކުރިން