ރޮޑްރީގޯ އާއި އެސްޓެވާއޯގެ މޮޅުކުޅުމާއެކު ބްރެޒިލުން ކޮރެއާ ބަލިކޮށްފި
10 އޮކްޓޯބަރު 2025 - 17:48

ސައުތު ކޮރެއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން ތަފާތުބޮޑުކޮށް މޮޅުވެއްޖެއެވެ. އެގޮތުން ބްރެޒިލުން ވަނީ ދެކުނު ކޮރެޔާ ކޮޅަށް 5 ލަނޑުޖަހާފައެވެ..މިއާއެކު ބްރެޒިލްވަނީ ވިދިވިދިގެން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ.
ވާރޭވެހެމުން ދިޔަ ކޮރެޔާގެ ސިއޯލްގައި ކުޅުނު މެޗުގައި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ އެސްޓެވާއޯ އާއި ރިއަލް މެޑްރިޑްގެ ރޮޑްރިގޯ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބްރޫނޯ ގިމަރާއެސް ދިން ޕާހަކުން އެސްޓެވާއޯ ވަނީ ފުރަތަމަ ލަނޑު ޖަހައިފައެވެ.

Ad by Hajj Corporation
ކަސެމިރޯ ޖެހި ލަނޑު އޮފްސައިޑްވެގެން ބާތިލުވި ނަމަވެސް، 41 ވަނަ މިނެޓުގައި ރޮޑްރިގޯ ވަނީ ގޯލުގެ ކަނަށް ވަރުގަދަ ޝޮޓަކުން ދެވަނަ ލަނޑު ޖަހައިފައެވެ. ދެވަނަ ހާފުގައި މިން-ޖާއި ކިމްގެ ކުށަކުން އެސްޓެވާއޯ އަށް ލިބުނު ފުރުސަތުގައި އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ.
މީގެ ކުޑައިރުކޮޅެއްގެ ތެރޭގައި ސައުތު ކޮރެއާގެ ޑިފެންސްގެ އިތުރު ގޯހަކުން ރޮޑްރިގޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފައެވެ. މެޗުގެ ފަހުކޮޅު ވިނިސިއުސް ޖޫނިއަރ ވަނީ ފަސްވަނަ ލަނޑު ޖަހައިފައެވެ.
ފަހަކަށް އައިސް ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައިވާ ވިނިސިއުސް ވަނީ މެޗުގައި އެންމެ ގިނަ ތިން ފުރުސަތު ހޯދައިދީ، ފޯމު ރަނގަޅުކަން ސާބިތުކޮށްދީފައެވެ.


