logo
Bank of Maldives

Bank of Maldives

ޚަބަރު

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު 3 މީޑިއާއަކުން ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޮކްޓޯބަރު 2026 - 04:41
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު މީޑިއާތަކެއް

ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު ތިން މީޑިއާއަކުން ސޮއިކޮށްފިއެވެ.

އިއްޔެ މި މަޝްރޫޢުގައި ސޮއިކުރި މީޑިއާތަކަކީ "ފިޔަ އޮންލައިން"، "މިއަދު" އަދި "މުޅިރާއްޖެ" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މީޑިއާތަކާ އެކު އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު މުނާޒެވެ. އަދި މީޑިއާތަކުގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާތަކުގެ އިސްވެރިންނެވެ. މިއަދު ސޮއިކުރި ތިން މީޑިއާއާ އެކު، މި ކެމްޕޭނާ މިހާތަނަށް ގުޅުނު މީޑިއާތަކުގެ ޖުމްލަ އަދަދު ވަނީ 26 އަށް އަރައިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދަވާ ޤައުމީ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމުގެ ރޫޙާއި އިޖުތިމާޢީ ފޭރާން ހީނަރުވެ، ޒުވާނުންނާއި މުޖުތަމަޢުގައި ބައިބައިވުން އުފެދެމުންދާ ދިއުމަށް ޙައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.

މި ކެމްޕޭން އެކުލަވައިލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމަށް ވެސް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. ކެމްޕޭން ވިލަރެސް ކޮމިޓީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢު ރަސްމީކޮށް ފެށުމަށްޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް މިހާރު ވަނީ ނިމިފައެވެ.

މި އެއްބަސްވުމުގެ ދަށުން، ސޮއިކުރި މީޑިއާތަކުން ކެމްޕޭނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އިޙްތިރާމްކުރުމުގެ މުހިންމުކަމާއި، ތާރީޚީ ގޮތުން ދިވެހިންގެ އަސްލުވަންތަކަމާ އިޙްތިރާމްކުރުމުގެ ސިފަ ގުޅިފައިވާ މިންވަރާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު މީޑިއާތަކެއްޚަބަރު | ގަޑިއިރެއް ކުރިންމަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ވަޒީރު ހީނާޚަބަރު | 4 މަސް ކުރިން