logo
Bank of Maldives

Bank of Maldives

ޚަބަރު

މަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ވަޒީރު ހީނާ

އައިޝަތު އިނާޝާ
9 ޖޫން 2026 - 04:22
އެންސްޕާގެ ސީއީއޯ ހީނާ،
އެންސްޕާގެ ސީއީއޯ ހީނާ،

ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގެވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ކަމުގައި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު ހޯމަ ދުވަހު އެ ވުޒާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި ދާއިރާ ތަރައްޤީ ކުރުމަށް ވަޒީރު ކުރައްވާ މަސައްކަތްޕުޅު ބައްޓަން ކުރައްވާނީ އެ ރޫޙު އުފެއްދޭނޭ ގޮތުގައި ކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ޖަމިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރުގެ އިތުރުން ސެކެޓްރީ ޖެނެރަލް އަޙްމަދު އަފްރަހެވެ.

ޖަމިއްޔާގެ ރައީސްވަނީ ޖަމިއްޔާގެ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވައި، މި މަސައްކަތަށް ވުޒާރާގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އަދި ހަމައެހެންމެ، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިދާއިރާގައި ކުރާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ޖަމިއްޔާގެ ރައީސް ވަނީ ވަޒީރަށް އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު މީޑިއާތަކެއްޚަބަރު | 2 ގަޑިއިރު ކުރިންއިންވެސްޓަރުން ފައްސާލުމަށް ކުރާ މަސައްކަތްތަކުން ޤައުމާމެދު އޮތް އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ: ހީނާ ވަލީދުޚަބަރު | 4 ދުވަސް ކުރިންނަފްސުގެ އަޚްލާޤު އިސްކުރާ ނަމޫނާ ބަޔަކަށްވުމަށް ވަޒީރު ހީނާ ގޮވައިލައްވައިފިޚަބަރު | 5 ދުވަސް ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | 12 ދުވަސް ކުރިން