" ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވޭނީ ނޫޓު ދޫކޮށްލާ ޑިޖިޓަލް ފައިސާއަށް ބަދަލުކޮށްގެން"
6 އޮކްޓޯބަރު 2026 - 12:49
.webp&w=3840&q=75)
ދިވެހިރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވޭނީ މިހާޜު ގެންގުޅޭ ފައސާގެ ނޫޓު ދޫކޮށްލާ، އޭގެ ބަދަލުގައި ޑިޖިޓަލް ކަރެންސީއަށް ބަދަލުކޮށްގެން ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި އަންގަރާ ދުވަހު ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވާފައިވާ، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ހުސެއިން ހަމީދު ވިދާޅުވީ ،ޑިޖިޓަލް ކަރަންސީއަށް މުޅި ޤައުމު ބަދަލުވެގެން ދިއުމަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއްކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދި މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ މި ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ވީ އެންމެ އަވަހަކަށް ފާސް ކޮށް މި ބިލު ވުޖޫދަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަން ހުސެއިން ފާހަގަ ކުރެއްވެވި އެވެ.
"އުމްރާގެ މަތިވެރި އަޅުކަން ކުރުމުގެ ނުވަތަ އުމުރާއަށް މީހުން ފޮނުވުމުގެ ނަމުގައި ގަސްތުގައި ރާވައިގެން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވެ ތިބޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.އެހެންނަމަވެސްް އެބޭފުޅުންނާ ދޭތެރޭގަ ކުރެވުނުހާވެސް ކަމަކީ ހައެއްކަ މަސް ދުވަހުގެ ޖަލު ހުކުމެއް ނޫނީ ގޭ ބަންދުގަ ބޭތިއްބުން. މި ޤާނޫނު ވުޖޫދުވުމުގެ ނަތީޖާއަކަށް ވާނީ މިފަދަ ފަރާތްތަކުގެ މުދާ ވިއްކާފަ ނުވަތަ ދައުލަތަށް ނަގައިގެން ނަމަވެސް ހައްޤު ގެއްލުނު މީހުންގެ މުދާ ނުވަތް ފައިސާ އަނބުރާ ރައްދުކުރުން" މެމްބަރު ހުސެއިން ހަމީދު"
ވާޙަކަ ނިންމާލަމުން ކުޑަހުވަދޫ ދައިރާ މެމްބަރު ވިދާޅުވީ، ސިޔާސީ ބޭފުޅުން ހޯދާ ގޮތްނޭނގޭ ތަނަވަސް ކަމުގެ ހަޤީގަތް ހޯދަން ބޭނުންވާ ވަރަށް ގިނަ ދިވެހިން އެބަތިބި ކަމަށާއި، ނަމަވެސް އެފަދަ ފަރާތްތަކުން ކުލަ އާއި ސިފަ ބަދަލުކޮށް ރައްކާތެރިކަމުގެ ނިވަލަށް ވަދެ ތިބެނީ މިފަދަ ޤާނޫނެއް ވުޖޫދަށް އައިސްފާ ނެތުމުގެ ސަބަބުން ކަމަށެވެ.

-01.jpg&w=3840&q=75)
