logo
MPL

MPL

ޚަބަރު

ދިވެހި ރަހަތަކާއެކު "ދަ ގްރޭޓް ޓޫނާ ގާލާ'" ބަންގްލަދޭޝްގައި ބާއްވައިފި

އަޙުމަދު ރިޝާން
7 އޮކްޓޯބަރު 2026 - 05:46
ދިވެހި ރަހަތަކާއެކު "ދަ ގްރޭޓް ޓޫނާ ގާލާ'" ބަންގްލަދޭޝްގައި ބާއްވައިފި

ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް "ދަ ގްރޭޓް ޓޫނާ ގާލާ- ފްލެވަރސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ޑާކާގައި ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ އެމް ރަޝީދުއްޒަމާން މިއްލަތުއެވެ. އަދި މި ރަސްމިއްޔާތުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، އެކި ޤައުމުތަކުން ބަންގްލަދޭޝަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ވިޔަފާރިވެރިން އަދި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

840347349_122177404166964638_4094991255940334533_n.jpg

 

ރާއްޖޭގެ އެންމެ މަގުބޫލު އެއް ކެއްކުންތެރިޔާ މާހާ ނަސީރުއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ދިވެހި ކެއުންތަކުގައި ކަނޑުމަސް ބޭނުންކުރާ ގޮތް ލައިވް ކުކިންގ ސްޓޭޝަންތަކުން ދައްކާލާފައިވެއެވެ. އެގޮތުން ރިހަ ފޮޅި ހަދާނެ ގޮތާއި، މަސްހުންޏާއި ރޮށި ތައްޔާރުކުރާނެ ގޮތާއި، މަސްބުރި ރިހަ އަދި ލޮނުމިރުސް ލައިގެން ތައްޔާރުކުރި ޓޫނާ ސްޓޭކް ރަހަ ބައިވެރިންނަށް ދައްކާލާފައިވެއެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވަނީ ދިވެހި އިގުތިސާދާއި ސަގާފަތުގައި މަސްވެރިކަމުގެ ދާއިރާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ މަހުގެ ބާވަތްތައް ބަންގްލަދޭޝަށް ފުޅާކުރުމާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. މީގެއިތުރުން، ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ ވަނީ ދެ ގައުމު ގުޅިގެން ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި މި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ބޭރު ގައުމުތަކުގައި ޕްރޮމޯޓް ކުރުމަށް ސަރުކާރުން އަންނަނީ މިފަދަ ރޯޑްޝޯތަކާއި ފެއާތައް އަދި ހާއްސަ ހަރަކާތްތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ރަހަތަކާއެކު "ދަ ގްރޭޓް ޓޫނާ ގާލާ'" ބަންގްލަދޭޝްގައި ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފިޚަބަރު | 7 މަސް ކުރިން