logo
MPL

MPL

ޚަބަރު

ކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ

އައިޝަތު އިނާޝާ
8 އޮކްޓޯބަރު 2026 - 08:05
ކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ

އުރަމަތީގެ ކެންސަރު (ބްރެސްޓް ކެންސަރު) ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ފަރުވާ ހޯދުމުގެ ގިނަ ފުރުސަތުތަކާއި އެކު، ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އުރަމަތީގެ ކެންސަރަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ވަރަށް އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އުރަމަތީގަ އަންނަ ބަދަލުތަކަށް ސަމާލުވެ، އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް އަންހެނުންނަށް ހިތްވަރުދެއްވާފައެވެ. އަދި ބަލި ކުރީކޮޅުގައި ދެނެގަނެވުމަކީ ފަރުވާގެ ގިނަ ގޮތްތަކެއް ލިބި، ކާމިޔާބުކަމާއެކު ފަރުވާ ފެށުމަށް މަގުފަހިވާ މުހިންމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ފަންނުވެރިކަމުގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އާންމުކޮށް ނުފެންނަ ކުދިބަދަލުތައްވެސް ކުރީކޮޅުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ އެހީގައި ދެނެގަނެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ތަރައްގީކުރުން މުހިންމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ބަލި މީހުންނަށް އޯގާތެރިކަމާއި، އިއްޒަތާއި، ޞައްޙަ މަޢުލޫމާތާއި، އަދި ނަފްސާނީ އެއްބާރުލުން ލިބޭނެހެން، ފަސޭހައިން ލިބޭނެ އަދި އެއް ނިޒާމެއްގެ ތެރެއިން ގުޅިގެންދެވޭ ފަރުވާ ބޭނުން ނިޒާމެއްގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި، ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދާފައިވާ އަންހެނުންނާއި، މި ބަލީގައި ނިޔާވެފައިވާ ފަރާތްތަކުގެ ލޮބުވެތި އާއިލާތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނަށް ދެވޭ ފަރުވާގެ މަރުކަޒުގައި އެމީހުން ބަހައްޓައި، ފަރުވާ ހޯދާ ފަރާތްތަކަށް އިއްޒަތާއި ކަރާމާތާއެކު ދިރިއުޅެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ތަކުރާރުކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ބިރުވެރިކަމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ސްކްރީންކުރުމަށް ފަސްނުޖެހުމަށް އަންހެނުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އަވަހަށް ބަލި ދެނެގަނެވުމަކީ ފަރުވާގެ ފުރުސަތުތައް ބޮޑުވެ، ރަނގަޅުވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ ޚަބަރު | ގަޑިއިރެއް ކުރިންހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ފަސްޓް ލޭޑީޚަބަރު | 3 މަސް ކުރިންލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިޚަބަރު | 3 މަސް ކުރިންރަނގަޅު ސިއްޙަތަކީ، އިގްތިސާދީ ފާގަތިކަމުގެ ބިންގާ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންޚަބަރު | 3 މަސް ކުރިން