logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފި

އައިޝަތު އިނާޝާ
8 ޖުލައި 2026 - 07:58
ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހި ލިޔުންތެރިންނަށާއި އަދަބިއްޔާތަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

މިއަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ ހުރިހާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް ދަންނަވާ ކަމަށެވެ. އަދި ހަމައެހެންމެ، ދިވެހި ލިޔުންތެރިކަމަށް އުޖާލާ އަދި ފާގަތި ކުރިމަގަކަށް އެދިވަޑައިގެން އެކަމަނާ ވަނީ ދުޢާ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ޖުލައި 8 އަށް ނިސްބަތްވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރުނު މަޖައްލާ ކަމަށްވާ "އަލްއިޞްލާޙް" މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނު ތާރީޚަކީ 8 ޖުލައި 1933 ކަމަށް ވާތީއެވެ. މި މަޖައްލާއަކީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބިދިން ލިޔުންތެރިކަމުގެ މިނިވަންކަމުގެ ދަށުން ނެރުނު މަޖައްލާއެކެވެ. ރާއްޖޭގައި ރަސްމީގޮތުން ލިޔުންތެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ.

މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، ޤައުމީ ހޭލުންތެރިކަން އިތުރުކުރުމަށް ލިޔުންތެރިން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އާ ޖީލުތަކަށް ލިޔުންތެރިކަމުގެ ޝައުޤުވެރިކަން އުފެއްދުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުން ބާރުވެރިކުރުމާއި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާއެއްޚަބަރު | 2 ގަޑިއިރު ކުރިންކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ ޚަބަރު | 14 ދުވަސް ކުރިންހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ފަސްޓް ލޭޑީޚަބަރު | 3 މަސް ކުރިންލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިޚަބަރު | 3 މަސް ކުރިން