logo
E-Platinum
ކުޅިވަރު

މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތް ފަށައިފި.

އަބްދުﷲ ޣާނިމް
22 އޮކްޓޯބަރު 2024 - 08:27
ފެލޭލާ ސްޕޯޓް ކްލަބް. ފޮޓޯ: އިބްރާހިމް ފާރިޝް
ފެލޭލާ ސްޕޯޓް ކްލަބް. ފޮޓޯ: އިބްރާހިމް ފާރިޝް

ފޯރިގަދަ އިވެންޓަކަށްފަހު 2024 ވަނަ އަހަރުގެ މަގޫދޫ ކައުންސިލްގެ ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތް ފަށައިފިއެވެ.

 މަގޫދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، ދުޅަހެޔޮ ކަމާއި ކުޅިވަރުގެ ރޫޙު އާލާ ކުރުމުގެ މަޤުސަދުގައި ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދާ މި އިވެންޓުގައި މި އަހަރު އަލަށް އަންހެނުންގެ ހޭންޑް ބޯލް މުބާރާތެއް ވަނީ ތައާރަފް ކޮށްފައެވެ.

މި އިވެންޓުގެ ފިރިހެން ފުޓްސަލްގެ ޖުމްލަ 6 ޓީމް ބައިވެރިވެފައި ވާއިރު އަންހެން ހޭންޑްބޯލްމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމެވެ.

ފިރިހެން ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެތުތަކުގެ ނަތީޖާއަށް ބަލާއިރު ސްކޯޕިއަން ސްޕޯޓްސް ކްލަބާ ފައުޒް  ޖެނެރޭޝަން އާއި ބައްދަލުކުރި މެޗު އެއްވެސް ޓީމަކުން ގޯލެއްނުޖެހި މެޗު ވަނީ އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި އަލް ފައުޒް އާއި ފެލޭލާ ސްޕޯރޓް ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑުން މޮޅުވެފައިވަނީ އަލް ފައުޒް އެވެ.

އަންހެން ޑިވިޝަންގެ ހޭންޑް ބޯލް މެޗުތަކަށް ބަލާއިރު އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފައުޒު ނިއުޖެނެރޭޝަން އާއި ފެލޭލާ ސްޕޯޓްސް ބައްދަލުކުރި މެޗު 8-1 އިން ކާމިޔާބުކުރީ ފެލޭލޭ ސްޕޯޓްސް އެވެ. އަދި އަލް ފައުޒް އާއި ސީ.އެސް ސްޕޯޓްސް ބައްދަލުކުރި ވާދަވެރި މެޗު 7-9 އިން ކާމިޔާބުކުރީ އަލް ފައުޒް އެވެ.

މި މުބާރާތުގައި މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. ހޭންޑްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެލޭލާ ސްޕޯޓް ކުލަބާއި އޭ.އެމް.ޑީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ އަލް ފައުޒާއި ފައުޒް ނިއުޖެނެރޭޝަން އެވެ. މިރޭ ކުޅޭ ފުޓްސަލް ގައި ފުރަތަމަ ބައްދަލުކުރާނީ ފައުޒް ނިއުޖެނެރޭޝަން އާއި އޭ.އެމް.ޑީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އަލް ފައުޒާއި ޕަވަރއެޓޭކް އެވެ.

މި ދެ މުބާރާތުގެ ޝެޑިއުލް ތިރީގައި އެވަނީއެވެ.

463867552_859580889637116_8001622964028682560_n.jpg

ފިރިހެން ފުޓްސަލް ތާވަލް. ފޮޓޯ: ކަންމަތީ ލައިވް

464205718_859591522969386_3663264361464313898_n.jpg

އަންހެން ހޭންޑްބޯލް މެޗުތަކުގެ ތާވަލް. ފޮޓޯ: ކަންމަތީ ލައިވް

 

މިމަހު 21 އިން ފެށިގެން ކުރިޔަށްގެންދާ މުބާރާތުގެ ތެރެއިން ފިރިހެން ފުޓްސަލް މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ރޭގަނޑު 20:00 ގައި މަގޫދޫ ފުޓްސަލް ސްޓޭޑިއަމް ގައެވެ. މި އަންހެން ހޭންޑްބޯލް މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހަވީރު 16:00 ގައި މަގޫދޫ ފުޓްސަލް ސްޓޭޑިއަމްއެވެ. މިމަހު 21 އިން ފެށިގެން ކުރިޔަށްގެންދާ މުބާރާތުގެ ތެރެއިން ފިރިހެން ފުޓްސަލް މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ރޭގަނޑު 20:00 ގައި މަގޫދޫ ފުޓްސަލް ސްޓޭޑިއަމް ގައެވެ. އަންހެން ހޭންޑްބޯލް މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހަވީރު 16:00 ގައި މަގޫދޫ ފުޓްސަލް ސްޓޭޑިއަމްއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 4 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 7 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 10 ދުވަސް ކުރިންމަގޫދޫ އެއާޕޯޓަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ ޝައްކު ކުރެވޭ މީހުންނާ ސުވާލުކުރަނީޚަބަރު | 13 ދުވަސް ކުރިން