logo
MPL

MPL

ޚަބަރު

ރައީސް ޔާމިން ވެރިކަމުގައި ތެޔޮ ވަޅު ހޯދީ ބާއިންޖީނުގެ ހުރިތަނުން: ޒަރީރު

އަޙުމަދު ރިޝާން
14 އޮކްޓޯބަރު 2026 - 13:34
ރައީސް ޔާމިން ވެރިކަމުގައި ތެޔޮ ވަޅު ހޯދީ ބާއިންޖީނުގެ ހުރިތަނުން: ޒަރީރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި ތެޔޮ ވަޅު ހޯދީ ބާއިންޖީނުގެ ހުރިތަނުން ކަމަށާއި ދިވެހި ސަރުކާރުން ބޮޑު ހަރަދެއްކުރިއިރު، މަސައްކަތް ހަވާލުކުރީ ކިހާވަރެއްގެ ބަޔަކާ ކަމެއް ހުދު ރައީސް ޔާމީނަށް ވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދުގައި ތެޔޮހުރިތޯ ބެލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ އަށް ޒިޔާރަތްކުރުމުން އެދިވަޑައިގަންނަވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރައީސް ޔާމީނަކީ އިގްތިސޯދީ މާހިރެއް ނަމަވެސް މިހާރު ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ދެއުޅި އެތްނުވާ ވާހަކަ ކަމަށެވެ. އަދި އެމަނިކުފާނުވެރިކަމުގައި އެ މަސައްކަތްހަވާލުކުރީ ގާބިލު ބަޔަކާ ނޫން ކަމަށާއި އޭގެ ބަދަލުގައި މެލޭޝިޔާގެ ތެޔޮނަގާ ކުންފުނިތަކަކީ ތަޖުރިބާކާރު ބައެއް ކަމަށް ވެސް ޒަރީރު ފާހަގަ ކުރެއްވެވި އެވެ.

ޒަރީރު ވިދާޅުވީ ކަންކަން ބަލާ ހޯދަންޖެހޭ ކަމަށާއި ރާއްޖެއިން ތެޔޮފެނިއްޖެނަމަ އެއީ އިގްތިސޯދީގޮތުން ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޒަރީރު ވިދާޅުވީ މި ސަރުކާރުން ކަންކަންކުރާއިރު، މާޒީގައި އެކަންކަންކޮށްފައި ތިބި ތަޖުރިބާކާރު މީހުންނާ ކަންކަން ހަވާލު ކުރުމަށް އިސްކަންދޭ ކަމަށެވެ. އަދި އިންތިހާބު ކައިރިވާ ވަރަކަށް މިކަހަލަ ކަންކަމާ އިދިކޮޅު ފަރާތްތަކުން "ހޯއްގޮއްވާނެ" ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމިން ވެރިކަމުގައި ތެޔޮ ވަޅު ހޯދީ ބާއިންޖީނުގެ ހުރިތަނުން: ޒަރީރުޚަބަރު | 2 ގަޑިއިރު ކުރިން ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީޚަބަރު | 2 މަސް ކުރިން