logo
MPL

MPL

ޚަބަރު

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީ

އައިޝަތު އިނާޝާ
17 އޯގަސްޓު 2026 - 05:01
 ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީ

ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ރޭޓު %5 އިން %10 އަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އަށް މި ބަދަލު ގެނައުމަށް ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހަޅުއްވަމުން މެންބަރު ހަސަން ޒަރީރު ވިދާޅުވިގޮތުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑެތި މަޝްރޫއުތަކަށް ކޮންޓްރެކްޓްތައް ހޯދުމުގައި، ރާއްޖޭގެ ވަޒަންވެރި (ބޭރުގެ) ކޮންޓްރެކްޓަރުންނާއި ދިވެހި އަމިއްލަ ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ހަމަހަމަ އަދި ވާދަވެރި މާހައުލެއް އުފެއްދުމެވެ.

ޤާނޫނު ނަންބަރު 25/2019 ގެ 55 ވަނަ މާއްދާގެ (ށ) އަށް ހުށަހެޅި މި ބަދަލާއެކު، ރާއްޖޭގައި ވިޔަފާރިކުރާ އެއްވެސް ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް މަސައްކަތުގެ އަގު ދައްކާއިރު، ޖުމްލަ ފައިސާގެ 10 އިންސައްތަ ޓެކްސްގެ ގޮތުގައި ހިފަހައްޓަންޖެހޭނެއެވެ. މިއީ މިހާރު ނަގަމުންދާ 5 އިންސައްތައާ އަޅާބަލާއިރު ދެގުނަ ބޮޑުވުމެކެވެ.

މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ލިބޭ އާމްދަނީން އުނިކުރެވޭ މި ވިތުހޯލްޑިންގ ޓެކްސްގެ އަދަދަކީ، އެ އާމްދަނީއާ ގުޅިގެން އެފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެއެވެ.

މީގެ އިތުރުން، އެފަރާތުގެ ޓެކްސް ބިނާކުރެވޭ ޖުމްލަ އާމްދަނީ ހިސާބުކުރާއިރު މި އާމްދަނީ އިތުރަކަށް ނުހިމެނޭނެއެވެ. އަދި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް ހަރަދެއް ނުވަތަ އަދަދެއް އުނިކުރުމުގެ ފުރުސަތެއް ވެސް ނޯންނާނެއެވެ.

މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކަށް ރިޢާޔަތްކޮށް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާހަށް ޢަމަލުކުރަން ފެށުމުން އަހަރަކު އެވްރެޖުކޮށް 251 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފިޚަބަރު | 44 މިނިޓު ކުރިން ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީޚަބަރު | ގަޑިއިރެއް ކުރިންޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 13 ގަޑިއިރު ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 13 ގަޑިއިރު ކުރިން