logo
MPL

MPL

ޚަބަރު

މާލެއިން ފޯލިކް އެސިޑް ހުހެއްނުވޭ، ކުންފުނީގެ މައި ސްޓޮކްއިން ލިބޭނެ: ސްޓޭޓްފާމާ

އަޙުމަދު ރިޝާން
21 އޮކްޓޯބަރު 2026 - 05:12
މާލެއިން ފޯލިކް އެސިޑް ހުހެއްނުވޭ، ކުންފުނީގެ މައި ސްޓޮކްއިން ލިބޭނެ: ސްޓޭޓްފާމާ

 މާލެއިން ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި، ކުންފުނީގެ އެކި ބޭސް ފިހާރަތަކުންނާއި މައި ސްޓޮކުން އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓްފާމާއިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި ހަބަރު ފެތުރެމުން ދިޔުމާ ގުޅިގެންނެވެ. އަދި ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެ ކުންފުނިން ވަނީ ދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފައެވެ. ސްޓޭޓްފާމާ އިން ބުނީ ބޭހާ ގުޅޭގޮތުންނާއި ކުންފުނިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެކަން ސާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސްޓޭޓްފާމާ އިން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި، އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށާއި ސްޓޮކް ދެނެގަނެ ކުންފުނިތަކާ ގުޅިގެން ބޭސް އެތެރެކުރުމުގެ މަސައްކަތްތައް އަބަދު ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށް އެއްބަސްވުން ގާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކުވެސް އެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދެ އެވެ.

މިފަދަ ކަންކަމުގެ ތެރެއިން ބޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖުތައް ގާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ގާއިމުކުރުމާއި، ބޭސް ގެނައުމަށް އޯޑަރުތައް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާއި، މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭގައި އަންނާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއިން ފޯލިކް އެސިޑް ހުހެއްނުވޭ، ކުންފުނީގެ މައި ސްޓޮކްއިން ލިބޭނެ: ސްޓޭޓްފާމާޚަބަރު | ގަޑިއިރެއް ކުރިންސްޓޭޓްފާމާގެ މެނޭޖްމަންޓުން އޭދަފުށީ ކައުންސިލާ ބައްދަލުކޮށްފިޚަބަރު | 3 މަސް ކުރިން