logo
E-Platinum
ޚަބަރު

ދުންފަތާބެހޭ ޤާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި – އިހްސާން

އަޙްމަދު ޒަލީފް
23 އޮކްޓޯބަރު 2024 - 09:57
ދުންފަތާބެހޭ ޤާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި – އިހްސާން

ދުންފަތުން ރައްކާތެރިވުމާގުޅޭ ޤާނޫނެއް މިހާރުވެސް ރާއްޖޭގައި އެބައޮތް ކަމަށާއި، ނަމަވެސް އެ ޤާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ދެކެވަޑައިގަންނަވާކަމަށް، ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ، އެ ޤާނޫނަށް އިސްލާޙު ގެނެސް، ޔުނީފޯމު އެޅި މުޢައްސަސާތަކުގެ ދަޢުރު ބޮޑުކުރަން ޖެހޭ ކަމަށާއި، އެގޮތުން ގެނެވޭ އިސްލާޙާއެކު އެ މުޢައްސަސާތަކުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރޭތޯ ކަށަވަރު ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށާއި، ދުންފަތް ހިމެނޭ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރު 21 އަހަރަށް ބަދަލު ކުރުމަށާއި، ވޭޕް މަނާކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

މި އިސްލާޙުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޞިއްޙަތަށް މީގެ ހެޔޮ ބަދަލު އަންނާނެ ކަމަށާއި، މި ފަދަ އިޖްތިމާޢީ މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ އިޙްސާން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ސިނގިރޭޓުގެ އަގު ބޮޑުވެ، އޭގެ ބްލެކް މާކެޓެއް އުފެދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ ޚަބަރު | 3 މަސް ކުރިންއޮޕަރޭޝަން ކުރަނގި: 10 މަސް ތެރޭ ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފިޚަބަރު | 4 މަސް ކުރިންއެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުޤީގެއްކުރަން ހުށަހަޅާނަންޚަބަރު | 5 މަސް ކުރިން