logo
E-Platinum
ޚަބަރު

އޮޕަރޭޝަން ކުރަނގި: 10 މަސް ތެރޭ ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

އާމިނަތު ޝަފާ
19 މާރިޗު 2025 - 15:18
އޮޕަރޭޝަން ކުރަނގި: 10 މަސް ތެރޭ ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ  "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ފާއިތުވެދިޔަ 10 މަަސް ދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ފާއިތުވި 10 މަސް ދުވަސް ތެރޭ މި ބިދޭސީންގެ މަޢުލޫމާތު އެއްކުރެވުނު އަދަދު 100،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުންވެސް 65،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމަތު އެއްކުރެވިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. ހޯމް މިނިސްޓްރީން ބުނީ ފާއިތުވި ސަރުކާރުގެ ފަސް އަހަރު ނިމިނުއިރު އެއްކުރެވިފައިވަނީ ގާތްގަޑަކަށް 40 ހާސް ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ މިހާބޮޑަށް ބޮއްސުންލައިގެން ގޮސްފައިވަނީ މީގެ ކުރީގެ ސަރުކާރުތަކުން، ޢަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދެއްވާފަ ނެތުމުން ކަމަށާއި އޮޕަރޭޝަން "ކުރަނގި" ނިންމާލެވޭއިރު ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލު ލިބިގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލުތަކަށް އޮޕަރޭޝަން ކުރަނގި ނިމުމުން، ބޭރުމީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ފިލައިދާނެކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިއަދާހަމައަށް އެފަރާތްތަކުގެ މައުލޫމާތު ނުދީތިބި ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޮރިންލޭބަރ ޑިޕާޓްމެންޓާއި ހިއްސާ ކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ.

ވުޒާރާއިން ބުނީ މި ތާރީޚަށް ފަހުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭމުންދާ ބިދޭސީން ޑިޕޯރޓް ކުރާނެކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ ޚަބަރު | 4 މަސް ކުރިންއޮޕަރޭޝަން ކުރަނގި: 10 މަސް ތެރޭ ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފިޚަބަރު | 4 މަސް ކުރިންއެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުޤީގެއްކުރަން ހުށަހަޅާނަންޚަބަރު | 5 މަސް ކުރިން