logo
Bank of Maldives

Bank of Maldives

ޚަބަރު

އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
21 މޭ 2025 - 13:17
އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޑިޕާރޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛް އަޙްމަދު ޞިއްދީޤެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރޕާރސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ޑިޖޭޖޭއާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މި އެމްއޯޔޫގެ މަޤްޞަދަކީކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާރޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ޚާއްޞަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމާއި، ޑިޕާރޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޙަރަކާތްތަކުގައި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމެވެ.

 

މި ރަސްމިއްޔާތުގައި އެންޑީއޭގެ ބޯޑުގެ ޗެއަރޕާރސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ހާޒިރު ޙުސައިން ވިދާޅުވީ ޑީޖޭޖޭއާއި އެންޑީއޭއާއި ދެމެދުގައި މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ އެހީގައި ދެ އިދާރާގައި ހުރި ޓެކްނިކަލް އެކްސްޕަޓީޒް ނުވަތަ ފަންނީ ހުނަރާއި ގާބިލްކަން އެއްކޮށްލައިގެން މަސައްކަތްކުރެވޭނެގޮތް ފަހިވެގެންދާނެކަމަށާއި، އެކަމުގެ ސަބަބުން ނަތީޖާ ނެރެވޭ މިންވަރު އަވަސްވެފައި ދެފަރާތަށްވެސް އެކަމުގެ މަންފާކުރާނެކަން އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | 5 މަސް ކުރިންމިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 6 މަސް ކުރިންއައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައިވެސް ފަށައިފިޚަބަރު | 6 މަސް ކުރިންއެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 9 މަސް ކުރިން