logoEN
ޚަބަރު

އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުޤީގެއްކުރަން ހުށަހަޅާނަން

އާމިނަތު ސަފާއާމިނަތު ސަފާ

25 ފެބްރުއަރީ 2025 - 05:49

އެކްސްޕެޓް ސިސްޓަމް މައްސަލާގައި ދައުލަތަށް ގެއްލުންވާގޮތަށް، ކުރީގެ ސަރުކާރުގެ ވެރިން އިހުމާލުވެވައިވާތީ ޖިނާޢީ ތަހުޤީގެއް ކޮށްދިނުމަށް އެދި ހުށަހަޅުއްވާނެ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވައި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ވެއްދި މައްސަލައާ ގުޅިގެން ޖަވާބުދާރީވާން އެރުވި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިހުސާނު ވިދާޅުވީ ދައުލަތަށް ފައިދާއެއް ވާން އޮތްތަނެއްގައި ގެއްލުމެއް ދޭ ގޮތަށް އަމަލުކުރާނަމަ ގާނޫނުގެ އުގޫބާތުގެ 517 ވަނަ މާއްދާގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާޢީ ތުހުމަތުކުރެވި މައްސަލަ ބަލަންޖެހޭކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކްސަޕަޓް ސިސްޓަމާއި ގުޅޭ މައްސަލައަށް އެއްވެސް ޙައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުންދީފައިވާތީވެ، އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ދައުލަތަށް 500 އެތައް މިލިއަނެއް ގެއްލުންވާކަމަށް ބުނާ ވާހަކައަކީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށާއި މިސަރުކާރުން މިމައްސަލާގައި ޢަމަލުކުރި ގޮތުގެ ސަބަބުން ކުރިން ލިބެމުން އައި 700 މިލއަނުގެ ޢާމްދަނީ 1.3 ބިލިއަނަށް އަރާފައިވާކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ބެސްޓިނެޓް ކުންފުނިން އިމިގްރޭޝަނަށް ފޮނުވާފައިވާކަމަށާއި އެ ސިޓީގައި އެކުންފުނިން 13.7 މިލިއަން ޑޮލަރު އިންވެސްޓްމެންޓާއި ކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގައި އޮތްގޮތަށް ކުރިއަށްގެންދިއުމަށް އެ ކުންފުނިން އޭރުގެ އިމިގްރޭޝަނުގައި އެދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިސީޓީއާއި ގުޅިގެން އިމިގްރޭޝަނުން އޭރުގެ އެޓާނީ ޖެނެރަލްއަށް ޤާނޫނީ ލަފާއަކަށް އެދި ސިޓީ ފޮނުވާފައިވާކަމަށާއި އަދި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ ބުރައެއް ލިބޭނެކަމަށް ފެންނަ ކަމަށްވެސް ބުނެފައިވާކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ އެއްވެސް ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލާނެ ކަމަށް ޕީއެންސީން މައުލޫމާތުދެެއެވެ.

ކޮމެންޓް

871x217_placeholder