logo
MPL

MPL

ޚަބަރު

ހަރުދަނާ އޮޑިޓިން މިންގަނޑުތަކުގެ ސަބަބުން ޓެކުހަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ: މާލީ ވަޒީރު

އައިޝަތު ނަޝާއައިޝަތު ނަޝާ
24 އޮކްޓޯބަރު 2026 - 06:31
ހަރުދަނާ އޮޑިޓިން މިންގަނޑުތަކުގެ ސަބަބުން ޓެކުހަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ: މާލީ ވަޒީރު

 ހަރުދަނާ އެކައުންޓިން އަދި އޮޑިޓިން މިންގަނޑުތަކުގެ ސަބަބުން، ޓެކުހުގެ ގާނޫނުތަކަށް އަމަލުކުރުން އިތުރުވެ، ނޭދެވޭ މުއާމަލާތްތައް ދެނެގަނެވި އަދި ޓެކުހަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ،އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އޮޑިޓްގެ ފެންވަރު ހިފެހެއްޓުމާއި، މިނިވަންކަމާއި، މަސައްކަތުގެ އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި  މި މިންގަނޑުތައް ހިފެހެއްޓުމުގައި ސީ.އޭ މޯލްޑިވްސްއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ މުއައްސަސާގެ ރެގިއުލޭޓަރީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސީ.އޭ މޯލްޑިވްސްއާއި، ސަރުކާރުގެ ވުޒާރާތަކާއި، ރެގިއުލޭޓަރީ މުއައްސަސާތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރަން ޖެހޭ. އަދި ދައުލަތުން ކުރާ ކޮންމެ ހަރަދަކާއި އިންވެސްޓްމަންޓަކީ ދުރާލާ ފުރިހަމައަށް ދިރާސާކުރެވި، އޭގެ މަންފާ ކަށަވަރުކުރެވިފައިވާ ކަންކަމަށް ވާންޖެހޭނެ "ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ކޮންމެ ރުފިޔާއަކީ ވެސް ފުރިހަމަ ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެއްކަމަށާއި،.އެގޮތުން، ދައުލަތުން ކުރާ ކޮންމެ އިންވެސްޓްމަންޓެއްގެ މާލީ ހިސާބުތައް ސައްހަކަމާއެކު ބެލެހެއްޓުމާއި، ކޮންމެ މުއައްސަސާއަކީ ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީވާ ތަނަކަށް ވާންޖެހޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އަދި މި އަސާސްތައް އަމަލީގޮތުން ކަށަވަރުކުރުމުގައި، ހަރުދަނާ އެކައުންޓިން ނިޒާމެއް އަދި ފަންނެއްގެ ދައުރު ނުހަނު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަރުދަނާ އޮޑިޓިން މިންގަނޑުތަކުގެ ސަބަބުން ޓެކުހަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ: މާލީ ވަޒީރުޚަބަރު | 2 ގަޑިއިރު ކުރިން ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭސް ފަދަ އަސާސީ މުދާ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ: މަލީ ވަޒީރުޚަބަރު | މަހެއް ކުރިން