logo
MPL

MPL

ޚަބަރު

ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 19ގައި

އަޙުމަދު ރަމީޒު
26 އޮކްޓޯބަރު 2026 - 10:54
ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 19ގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

ހާއްސަ އިނާމަކީ އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ހާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެ އެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިޚްލާސްތެރިކަމާއެކުގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 19ގައިޚަބަރު | 44 މިނިޓު ކުރިންރަސްކަމަކުން ޖުމްހޫރިއްޔަތަކަށް: ގައުމުގެ ކަންކަމުގައި ފަހު ބަސް ބުނާނީ ރައްޔިތުން ރިޕޯޓް | އަހަރެއް ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 2 އަހަރު ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 2 އަހަރު ކުރިން