logo
MPL

MPL

ޚަބަރު

ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ޚާއްޞަ ހިނގާލުމެއް ހދ.ނައިވާދޫގައި ބާއްވައިފި

އިޙުސާނާ އިބްރާހީމް
26 އޮކްޓޯބަރު 2026 - 12:25
ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ހދ.ނައިވާދޫގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން
ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ހދ.ނައިވާދޫގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

 

މިހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ ކެންސަރ ސޮސައިޓީއާއި، ނައިވާދޫ ޞިއްޙީ މަރުކަޒާއި، ނައިވާދޫ ކައުންސިލް އަދި ނައިވާދޫގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. އުރަމަތީ ކެންސަރުން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން، މިހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ "ޕިންކް ރިބަން" ނަމުގައެވެ.

ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ހދ.ނައިވާދޫގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

Ad by Hajj Corporation

Ad by Hajj Corporation

 

އޮކްޓޯބަރ މަހަކީ އުރަމަތީ ކެންސަރުން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކުރާ މަހެއްގެ ގޮތުގައި ފާހަގަ ކުރާ މަހެވެ. އެގޮތުން ހދ.ނައިވާދޫގައި ބޭއްވި މިހިނގާލުމުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިކަން އުފަލާއިއެކު ފާހަގަކުރަމެވެ. އަދި މި ހިނގާލުމުގައި މުއައްސަސާ ތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މި ހިނގާލުމުގައި ކެންސަރާއި ގުޅޭގޮތުން ނައިވާދޫ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރުގެ ޚާއްޞަ މެސެޖެއްގެ ގޮތުގައި، ބައެއް މަޢުލޫމާތުތައް ދެއްވީ ޞިއްޙީ މަރުކަޒުގެ ކަސްޓަމަރ ސަރވިސް އޮފިސަރ ރިފްގާ ޢަބްދުއްރަޝީދެވެ. އަދި މި ހިނގާލުމުގައި ކެންސަރާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ބެނާއާއި ބޯޑުގެ އިތުރުން އޯޑިއޯ މެސެޖްތަކެއް ދީފައިވެއެވެ.

ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ހދ.ނައިވާދޫގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

 

އަދި މި ހިނގާލުމުގައި ބައިވެރިވި އެންމެހާ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން، ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުންނެވި ޢަބްދުﷲ ނާޡިމް ވިދާޅުވީ މިފަދަ މުހިއްމު އަދި ޞިއްޙީގޮތުން ހޭލުންތެރިވުމަށް ބާއްވާ ޙަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އަންނަ އަހަރު، ނައިވާދޫގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ރާވާ ހިންގަވާނެކަންވެސްވެސް ނާޡިމް ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން، "ޕިންކް ރިބަން" ނަމުގައި ޚާއްޞަ ހިނގާލުމެއް ހދ.ނައިވާދޫގައި ބާއްވައިފިޚަބަރު | 39 މިނިޓު ކުރިންނައިވާދޫ ބިން ހިއްކުން އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | އަހަރެއް ކުރިން