ޝަހުމް މަރަން ކުރި ޙުކުމް: އެންމެ ފަހު މަރުޙަލާގެ އަޑުއެހުންތައް ފަށަނީ
![](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2F051427-kkkakakakakaak.webp&w=3840&q=75)
![އަޙްމަދު ޒަލީފް](/_next/image?url=%2Fuser.jpg&w=3840&q=75)
23 އޮކްޓޯބަރު 2024 - 11:26
މީގެ 12 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލިކަމުގެ ކުށް ސާބިތުވެ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައެްޔާރުވެއްޖެއެވެ.
މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ އަހްސަން ބަޝީރު މަރާލައިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20 ގައެވެ.
އެ މައްސަލައިގައި ދައުވާކުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
އިސްތިއުނާފަށް ހުށަހެޅިތާ އެތައް އަހަރެއް ފަހުން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ހައި ކޯޓުން ވަނީ, ޝަހުމާއި ޝިމާޒަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.
އަހްސަން ބަޝީރު މަރާލާފައިވަނީ ޝަހުމް ދޫކޮށްލާފައި ހުއްޓައެވެ. އަދި އޭގެ ފަހުން ޝަހުމުގެ މައްޗަށް ވަނީ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައެވެ. އ
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔައިރު 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަހުމް ވަނީ މާފުށީ ޖަލުން ފިލައިގެން މާލެ އައިސްފައެވެ. އަދި އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އޭގެ ފަސް ދުވަސް ފަހުން މާވެޔޮމަގުގައި ހުންނަ ގެސްޓް ހައުސެއްގެ ތެރެއިންނެވެ.
ހުށަހެޅިތާ ދެ އަހަރު ފަހުން މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.
އިތުރު ލިޔުންތައް
![ރައީސް ޔާމީނުގެ މައްސަލައިގާ އާހެކި ބަލައިގަތުމުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2FYameen%20President.jpg&w=3840&q=75)
ރައީސް ޔާމީނުގެ މައްސަލައިގާ އާހެކި ބަލައިގަތުމުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި
5 މަސް ކުރިން![ސަމާޙް މަރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލްކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2Fsc-outdoor.jpg&w=3840&q=75)
ސަމާޙް މަރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލްކޮށްފި
4 މަސް ކުރިން![ވަކާލާތު ކުރެވޭނެ ގޮތް ހޯދަން ރާޤިބު ސްޕްރީމް ކޯޓަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2Fsc-outdoor.jpg&w=3840&q=75)
ވަކާލާތު ކުރެވޭނެ ގޮތް ހޯދަން ރާޤިބު ސްޕްރީމް ކޯޓަށް
2 މަސް ކުރިން![ހައްޔަރުނުކުރާ މީހެއްގެ އޯޑިއޯ ސާމްޕަލް ނެގުމަށް އަމުރެއް ނުނެރެވޭނެ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2Fsc-outdoor.jpg&w=3840&q=75)