logo
MPL

MPL

ޚަބަރު

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 އިފްތިތާޙުކޮށްފި

އައިޝަތު އިނާޝާ
28 އޮކްޓޯބަރު 2026 - 12:32
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 އިފްތިތާޙުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026″ (އިންޒެކް 2026) މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވީ، ޝަރަފުވެރި މެންމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު ޢާމިޒާއެވެ.
މާލޭ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު 08:00އިން ހަވީރު07:00 އަށް ކުރިއަށްދާ މި ކޮންފަރެންސް ބޭއްވެނީ "ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ބޭނުންވާ ވަރުގަދަ އަސާސްތައް: ޒަމާނީ މުޖުތަމަޢުތަކުގައި ނާޒުކުކަމާއި، އިޤްތިޞާދީ ނުފޫޒާއި، އެކުވެރި ރައްކާތެރިކަމުގެ ނިޒާމުތައް ދެނެގަތުން" މި ޝިޢާރުގެ ދަށުންނެވެ.
މި ކޮންފަރެންސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާހުކުރެވުނެވެ. މި ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމަށާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތު ކުރިއެރުވުމަށްޓަކައި އެ މުއައްސަސާއިން ގެންގުޅޭނެ ސްޓްރެޓީޖިކް މިސްރާބު ބަޔާންކޮށްދޭ ޕްލޭނެކެވެ. މީގެއިތުރުން، މޯލްޑިވްސް ޒަކާތު ހައުސްއިން ހާޞިލުކޮށްފައިވާ ކާމިޔާބީތަކާއި މުއައްސަސާގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މި ރަސްމިއްޔާތުގައި ހުށަހެޅުނެވެ.
މި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ، އިސްލާމީ އިޖުތިމާޢީ މާލިއްޔަތާއި، ޒަކާތުގެ އިދާރީ ހިންގުމާއި، އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުންނާއި، އެކަޑެމިކުންނާއި ކަމާގުޅޭ ފަރާތްތައް އެއް ތަނަކަށް ގެނެވި، ފަގީރުކަން ނައްތާލުމާއި، އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ޒަމާނީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް ބޭއްވޭ ކޮންފަރެންސެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 އިފްތިތާޙުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންސިޔާސީ އެއްވެސް ބޭނުމަކަށް ޒަކާތު ފަންޑުގެ ފައިސާ ބޭނުން ކޮށްފައެއް ނުވާނެ: އަބްދުއްﷲ އަލީޚަބަރު | 7 ދުވަސް ކުރިންމިދިޔަމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 109.26 މިލިއަން ރުފިޔާ ޚަބަރު | މަހެއް ކުރިންޒަކާތު ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިޚަބަރު | 3 މަސް ކުރިން