2026 ގައި ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަކުރަނީ: ތާރީޚީ ރެކޯޑެއް
29 އޮކްޓޯބަރު 2026 - 08:31

ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ރައްޔިތުން އުފުލަންޖެހިފައި އޮތް ބޮޑު ދަރަނީގެ ބުރައިން މިންޖުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރަކަށް މިއަހަރު ވެގެންގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރަކީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއަލްފާޟިލް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން، މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ވަގުތު އައިސްޖެހުނުއިރު، މި ސަރުކާރު އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ އިތުރު ދަރަންޏެއް ނެގުމެއް ނެތި ކުރައްވާނެ ކަމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދަރަނި ދެއްކުމުގެ ސަބަބުން ލިބުނު ކުރިއެރުންތަކުގެ ތެރޭގައި މި އަހަރު ދަރަނިތައް ދައްކައި ޚަލާސްކުރުމާ ގުޅިގެން، އަންނަ 2027 ވަނަ އަހަރު ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 2027 ވަނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނެ ކަމަށް އަންދާޒާކުރެވެނީ 4.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ޤާއިމުވެ، ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ވަނީ މަތިވެފައިކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.
މިއީ މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށްޓަކައި އެޅުނު މުހިންމު އަދި ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ.

-01.jpg&w=3840&q=75)
