ބަޖެޓު 2027: އިޖުތިމާއީ ބަދަހިކަމާއި، ތިމާވެށި އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޮޑު އިސްކަމެއް
29 އޮކްޓޯބަރު 2026 - 08:49

ދުޅަހެޔޮ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި 2027 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއަލްފާޟިލް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް "ކްލައިމެޓް އެޑެޕްޓޭޝަން" މަޝްރޫއު:
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ވިދާޅުވިގޮތުގައި ޤައުމީ ތަރައްޤީއާއި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި އިޤްތިޞާދު ޑައިވާސިފައި ކުރުމަށް ވަނީ ރޭވިފައި ކަމަށެވެ. އެގޮތުން ރަށްރަށުގެ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް "ކްލައިމެޓް އެޑެޕްޓޭޝަން މޮޑެލް އައިލެންޑް ޕްރޮޖެކްޓް" ފަދަ ބޮޑެތި މަޝްރޫޢުތަކަށް ބަޖެޓުގައި ވަނީ ބޮޑު އިސްކަމެއް ދީފައެވެ.
މަސްވެރިކަމުގެ ސިނާއަތް:
އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމަކީ އެންމެ މުހިންމު އެއް ސިނާއަތަށްވާއިރު، އަންނަ އަހަރުގެ ތެރޭގައި އިތުރު 11,400 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދޭނެ ޤާބިލުކަން އިތުރުކުރުން، މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަ އައިސްޕްލާންޓްތައް ހިމެނޭނެއެވެ. މީގެ އިތުރުން މެރިކަލްޗަރ ފުޅާކުރުމުގެ އިތުރުން، ހުޅުމާލޭގައި އަލަށް ޤާއިމުކުރެވޭ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވަނީ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.
ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން:
ބަޖެޓްގައި ދަނޑުވެރިކަމުގެ ދާއިރާގައި "ފުޑް ސެކިއުރިޓީ" އަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، ރާއްޖޭގެ ފަސްގަނޑުގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކުރުމަށް ވަނީ ނިންމާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
