logo
E-Platinum
ކުޅިވަރު

ޖަޕާން ބަލިކޮށް ރާއްޖޭގެ ނެޓްބޯޅަ ޓީމް އޭޝިއަން ނެޓްބޯލް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލާ ގާތަށް.

އަބްދުﷲ ޣާނިމް
23 އޮކްޓޯބަރު 2024 - 14:12
އޭޝިއަން ނެޓްބޯލް ޗެންޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޭޝިއަން ނެޓްބޯލް ޗެންޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް


އިންޑިއާގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ޖަޕާން ބަލިކޮށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އިތުރުކޮށްފައެވެ. މި މެޗުގައި ރާއްޖެ ވަނީ 64-28 އަށް ޖަޕާން ބަލިކޮށްފައެވެ.

ބެންގަލޫރުގެ ކޮރަމަންގަލާ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖެ ވަނީ 36 ޕޮއިންޓުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފެށުމުން ފެށިގެން ނިމުމާ ހަމައަށް ރާއްޖެ ވަނީ ލީޑު ހިފަހައްޓާފައެވެ.

މި ކާމިޔާބީއާއެކު ރާއްޖެ ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުން ތިން މެޗު ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ރާއްޖެ ވަނީ ސައޫދީ އަރަބިއްޔާ އަދި އިންޑިއާ ބަލިކޮށްފައެވެ. ނަމަވެސް އިއްޔެ ކުޅުނު މެޗުގައި ފިލިޕީންސް އަތުން 56-48 އަށް ބަލިވެފައިވާއިރު، މުބާރާތުގެ ކުރީކޮޅު މެލޭޝިއާ އަތުންވެސް ބަލިވެފައިވެއެވެ.

މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ މަތިން ވަނަ ހޯދާ ދެ ޓީމަކަށް ސެމީފައިނަލަށް ދެވޭނެއެވެ.

މި މުބާރާތުގައި ޖުމްލަ 13 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ މި މަހުގެ 18 އިން 27 އަށެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ ރާއްޖެ، އިންޑިއާ، ސައޫދީ އަރަބިއްޔާ، ސްރީލަންކާ، މެލޭޝިއާ، ފިލިޕީންސް، ޖަޕާން، ސިންގަޕޫރު، ތައިލެންޑް، ޗައިނީޒް ޓައިޕޭ، އިރާޤް އަދި ބަހްރެއިނެވެ.

މި މުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ މި މަހު 26 ވަނަ ދުވަހު ސްރީލަންކާ އާއި ދެކޮޅަށެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ އިންޑިއާގެ ބެންގަލޫރުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ޗެންޕިއަންކަން ހޯދައިފިކުޅިވަރު | 25 ދުވަސް ކުރިންޖަޕާން ބަލިކޮށް ރާއްޖޭގެ ނެޓްބޯޅަ ޓީމް އޭޝިއަން ނެޓްބޯލް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލާ ގާތަށް.ކުޅިވަރު | 9 މަސް ކުރިން