logo
E-Platinum
ކުޅިވަރު

އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ޗެންޕިއަންކަން ހޯދައިފި

އަބްދުﷲ ޣާނިމް
4 ޖުލައި 2025 - 06:03
ޕާކިސްތާނުގެ ޓީމު
ޕާކިސްތާނުގެ ޓީމު

ދެކުނު ކޮރެއާގެ ޖިއޯންޖޫގައި ކުޅުނު އޭޝިއަން ޔޫތު ގާލްސް ނެޓްބޯލް ޗެމްޕިއަންޝިޕް 2025 (ޕްލޭޓް ޑިވިޜަން ކަޕް)ގެ ފައިނަލްގައި ދިވެހިރާއްޖެއާ ކުރިމަތިލައި، 60-35 އިން ޕާކިސްތާނުން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޖިއޯންޖޫ ހްވާސަން ޖިމްނޭޒިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާނުން ވަނީ ފުރަތަމަ ކުއާޓަރ އިން ފެށިގެން ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ނިމުނު އިރު ސްކޯރ ހުރީ 17-5 އިންނެވެ. ދެވަނަ ކުއާޓަރ ނިމުނު އިރު 34-17 އިން ލީޑުނަގައި، ޕާކިސްތާނުން ތިންވަނަ ކުއާޓަރ ނިންމާލީ 45-23 އިން ކުރީގައި އޮވެގެންނެވެ.

Screenshot 2025-07-04 111032.png

ފައިނަލު މެޗުގެ ތެރެއިން

 

 

މި މުބާރާތުގައި ޕާކިސްތާނުގެ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އެއީ ޖުމްލަ 7 މެޗެވެ. ފައިނަލް މެޗުގައި ދިވެހިރާއްޖެއަށް އެއްވެސް ހިސާބެއްގައި ލީޑް ނެގޭގޮތް ނުވިއެވެ. މިމުބާރާތުގައި ރާއްޖެއިންވެސް ޕާކިސްތާނު ފިޔަވަ ކުލުނު ހުރިހާމެޗެއްވެސް ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.

އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ބެލުމުގެ ދަށުން ބޭއްވުނު މި މުބާރާތް ކުރިއަށް ގެންދިޔައީ ޖޫން 27 އިން ޖުލައި 4 އަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ޗެންޕިއަންކަން ހޯދައިފިކުޅިވަރު | 25 ދުވަސް ކުރިންޖަޕާން ބަލިކޮށް ރާއްޖޭގެ ނެޓްބޯޅަ ޓީމް އޭޝިއަން ނެޓްބޯލް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލާ ގާތަށް.ކުޅިވަރު | 9 މަސް ކުރިން