މަޖިލިސް ރައީސް ވެސް މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
.jpg&w=3840&q=75)
23 އޮކްޓޯބަރު 2024 - 17:27
މަޖިލިސް ރައީސް އަބްދުއްރަޙީމް އަބްދުﷲ އަށް މަޖިލީހުގެ ރައީސްކަމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވައިފިއެވެ.
އަބްދުއްރަހީމް އެފަދައިން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގަންނަވާ މުސާރައިގެ ވެސް 50 އިންސައްތަ ނުނަންގަވަން އެމަނިކުފާނު ނިންމެވުމާ ގުޅިގެންނެވެ.
އެގޮތުން އެކަން ޙާމަކުރައްވަމުން އަބްދުއްރަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްބާރުލުން ދެއްވުމަށް، މުސާރައިން 50 އިންސައްތަ ނުނަންގަވަން ނިންމަވާފައިވާ ކަމުގައެވެ.
ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެގޮތުން އަޅުގަނޑުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމައިފިން، - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ
އަބްދުއްރަހީމް އެފަދައިން ވިދާޅުވިއިރު، މިރޭ ރައީސް ވަނީ މި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑަގެ ދަށުން، ދައުލަތުގެ ބައެއް ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.
އެގޮތުން އެގޮތުން ސިޔާސީ ފަރާތްތަކާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި، މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިގެ ވެސް ކުޑަ ކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އަދި ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ ކުޑަ ކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމެވި ނަމަވެސް، 12،000 ރުފިޔާއިން މަދުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ވެސް ރައީސް ނިންމަވާފައިވާއިރު، އެ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ނިންމަވައިފައިވަނީ ކުރިއަށް އިތް ދެ އަހަރުގެ ނިޔަލަށެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން