ރައީސް ޔާމީން ހަސަދަވެރިވެ ވަޑައިގަންނަވަނީ މި ސަރުކާރުން އެމަނިކުފާނު ވެރިކަމަށް ވުރެ ބޮޑެތި ކަންކަން ހާސިލްކުރާތީ: މުހައްމާ
1 ނޮވެމްބަރު 2026 - 05:43

ރައީސް ޔާމީން އަބްދުލްގައްޔޫމް ހަސަދަވެރިވެވެ ވަޑައިގަންނަވަނީ މިހާރުގެ ސަރުކާރުން އެމަނިކުފާނު ވެރިކަމަށްވުރެ މާ ބޮޑެތި ކަންކަން ހާސިލްކުރާތީ ކަމަށްއިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ ޓީ ޓޯކް ޕުރޮގްރާމް ގައި ވާހަކަދައްކަވަމުން މުހައްމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކާ މެދު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައުލޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޙައްމަދު ޢަބްދުﷲ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމަށް އިތުރަށް ފާޑުވިދާޅުވެ، އެއީ ”އަނިޔާވެރިއެއް“ ގެ ގޮތުގައި ސިފަކުރެއްވެވި އެވެ. އަދި ރައިސް ޔާމީންގެ ރިޔާސީ ދައުރުގައި ހަމައެކަނި އެމަނިކުފާނާ ދެކޮޅުވުމުން އެތެއް ހާސް ބަޔަކު ޖަލަށްލި ކަމަށް މުހައްމާ ވިދާޅުވި އެވެ. މީގެއިތުރުން ރައީސް ޔާމީނާ ދެކޮޅަށް ނުކުތް ކޮންމެ މީހަކަށް ވެސް ޖަލަށް ދާންޖެހުމުގެ ބިރު އޭރު އޮތް ކަމަށް މުހައްމާ ވިދާޅުވި އެވެ.
މުހައްމާޑީއާރްޕީން ޕީޕީއެމްއަށް އަދި އެއަށް ފަހު އެމްޑީޕީއަށް ބަދަލުވި ސިޔާސީ ނިންމުމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ޖަލަށްލަމުން ދިޔަ ދިއުން އޭނާއަށް ބަލައިނުގަނެވުނު ކަމަށާއި، މުހައްމާވެސް ޖަލަށްލައިފާނެ ކަމުގެ ބިރު އޭރު އޮތުމުން ޕާޓީ ބަދަލު ކުރެއްވީ ކަމަށެވެ.
މީގެއިތުރުން، ޤާސިމް އިބްރާހީމާއި، މައުމޫން ޢަބްދުލްޤައްޔޫމް ފަދަ ސިޔާސީ އިސް އެތައް ބޭފުޅުންނެއް ޖަލަށްލުމާއި، ފަނޑިޔާރުން ހައްޔަރުކުރުމަށް ވެސް އޭނާ އިޝާރަތްކުރެއްވެވި އެވެ.

-01.jpg&w=3840&q=75)
