މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ސެމީފައިނަލް މިއަދު
މަގޫދޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ތެރެއިން. ފޮޓޯ؛ ކަންމަތީ ލައިވް.
24 އޮކްޓޯބަރު 2024 - 04:49
މަގޫދާޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ފުރަތަމަ ފައިނަލް މެޗުގައި ބައްދަލުކުރާނީ އަލް ފައުޒް ނިއު ޖެނެރޭޝަން އާއި ފެލޭލާ ސްޕޯރސް ކުލަބެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕަވަރ އެޓޭކް 2-1 އިން ބަލިކުރުމަށްފަހު ފެލޭލާ ސްޕޯރޓްސް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި ސެމީފައިނަލް ގައި ކުޅޭ ދެވަނަ ޓީމް އަލް ފައުޒު ވެސް ވަނީ ގްރޫޕް 1 ގެ އެއްވަނަ ހޯދާ ސެމީ ފައިނަލް ކަށަވަރުކޮށްފައެވެ. މި މެޗު ކުޅޭނީ މިރޭ 20:00 ގައި މަގޫދޫ ފުޓްސަލް ދަނޑުގައެވެ.
ސެމީފައިނަލުގައި ވާދަކުރާ އަނެއް ދެން ވާދަކުރާނީ މުބާރާތުގެ ހުރިހާ މެޗަކުންވެސް މޮޅުވެ ގްރޫޕް 2 ގެ އެއްވަނަ ހޯދާފައިވާ އަލް ފައުޒް އާއި އޭ.އެމް.ޑީ އެވެ. ގްރޫޕް ސްޓޭޖުގައި އޭ.އެމް.ޑީ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. އަދި މިމެޗު މި މެޗު ކުޅޭނީ މިރޭ 21:00 ގައި މަގޫދޫ ފުޓްސަލް ދަނޑުގައެވެ.
އަލް ފައުޒް ގެ ފުރުޤާން. ފޮޓޯ: ކަންމަތީ ލައިވް
މި އިވެންޓްގެ ހޭންބޯލް މުބާރާތުގައި މިއަދު ހަވީރުވެސް ފޯރިގަދަ ދެ މެޗު ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނާގައިވާ އަލް ފައުޒް އާއި އޭ.އެމް.ދީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގައި އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ ދެޓީމު ކަމަށްވާ އަލްފައުޒް ޖޫނިއާ އާއި ދެކޮޅަށް ނިކުންނާނީ ސީ.އެސް ސްޕޯޓްކުލަބެވެ.
މަގޫދޫ ކައުންސިލްގެ ހޭންޑްބޯލް މުބާރާތުގެ ތެރެއިން
މި މަހު 21 އިން 27 އަށް ކުރިޔަށް ގެންދާ މި އިވެންޓުގައި ފިރިހެން ފުޓްސަލްގެ ޖުމްލަ 6 ޓީމް ބައިވެރިވެފައި ވާއިރު އަންހެން ހޭންޑްބޯ ލްމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމެވެ. މުބާރާތުގެ ފުޓްސަލްގެ ފައިނަލް ކުޅޭނީ 26 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު 20:00 ގައެވެ. އަދި ހޭނޑްބޯލް މުބާރާތުގެ ފައިނަލް ކުޅޭނީ 27 އޮކްޓޯބަރު 2024 ވަނަ ދުވަހު ހަވީރު 16:00 ގަ އެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކަންމަތީ ލައިވް ޔޫޓިއުބް ޕޭޖުން ލައިވް ކުރާނެއެވެ.