ހޯމް ސްކޫލިން އަކީ އަންހެންކުދިން ގޭގައި ބައިތިއްބައިގެން ތައުލީމު ދިނުމެއް ނޫން: ހުސްނީ
2 ނޮވެމްބަރު 2026 - 11:21

ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އެއްވެސް ހާލެއްގައި އަންހެންދަރިން މިގައުމުގައި ތައުލީމުން އެކަހެރިކޮށްފައި އެކުދިން ގޭގައި ބައިތިއްބައިގެން އެކުދިންނަށް ތައުލީމު ދީ، އަދި އެކުދިން ވަކި ގޮތަކަށް ތަރުބިއްޔަތު ކުރުމަށް ފުރުސަތު ދިނުމެއް ނޫން ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، ނުކުޅެދުންތެރިކަމެއް ނުވަަތަ ހާއްސަ ހާލަތެއްގެ ސަަބަބުން ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭން ހޯމް-ސްކޫލިން ތައާރަފުކުރުން ހިމެނޭހެން ބައެއް ބަދަލުތައް ގެންނަން ތައުލީމުގެ ގާނޫނަށް ސަަރުކާރުން ހުުށަހަޅާފައިވާ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެއީ "ޖާރިޔާ ބިލް"ގެ ގޮތުގައި ސިފަކުރައްވައި އެ މަނިކުފާނު ތުހުމަތުކުރެއްވީ އެއީ އަންހެންކުދިން ސްކޫލަށް ނުފޮނުވުމުގެ "ހީލަތްތެރި ވިސްނުމެއް" ކަމަށެވެ.
ނަޝީދުގެ އެ ތުހުމަތަށް ރައްދުދެއްވައި ހުސްނީ ވިދާޅުވީ،ހޯމް-ސްކޫލިން ތައާރަފްކުރަން ގާނޫނަށް ބަދަލު ގެންނަނީ ނަޝީދު ސިފަކުރައްވާ ފަދަ ކަންތައްތަކަށް މަގުފަހިވާ ގޮތަށް ނޫން ކަމަށާއި އެއީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ދޫކޮށްލާ ގޮތަށް ތައާރަފްކުރާ އުސޫލެއް ނޫން ކަމަށްށެވެ.
"ގޭގައި ބައިތިއްބައިގެން ކިޔަވައިދީގެން ހަރުކަށި ފިކުރަށް ކުދިން ވައްދާނެ ކަމަށް ގަބޫލުކުރާ ނަމަ، އެއީ ލާދީނިއްޔަތަށް ގެންދަން އެކަމުން މަގުފަހިވާނެ ކަމަށް ގަބޫލުނުކުރަނީ ކީއްވެތޯ. ގޭގައި ބައިތިއްބައިގެން ކިޔަވައިދޭ ދަރިވަރުން އެފަދަ އެއްވެސް ފިކުރަަކަށް ނުގެންދެވޭނެކަން ކަށަވަރުކުރަން އަޅާނެ ފިޔަވަޅުތައް ގާނޫނުގައި ބަޔާންކުރާނެ. އެފަދަ އިތުރު ފިޔަވަޅުތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ވެސް ބަޔާންކުރެވޭނެ .އެހެންވީމާ އެއީ ހަރުކަށި ފިކުރަށް ފުރުސަތު ދޭ ބަދަލެއް ނޫން" ހުސްނީ ވިދާޅުވިއެވެ.
ހުސްނީ ވަނީ ، އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އަންހެންދަރިން ތައުލީމުން މަހުރޫމުކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ތަސައްވަރުކޮށްދޭން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

-01.jpg&w=3840&q=75)
