އެމްޑީޕީއަށް މެމްބަރުންގެ އިތުބާރު ގެއްލިއްޖެ - ޙުސްނީ
11 ފެބްރުއަރީ 2025 - 12:08

އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕަށް އެ ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ނެތްކަމުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކުް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ހުސްނީ ވިދާޅުވީ ނިމުނު ބައި އިލެކްޝަންތަކުގެ ނަތީޖާއިން އެކަން ވަރަށް ސާފުކޮށް ފެނިގެންދާ ކަމަށާއި، އެމްޑީޕީން ގިނަ ބައި އިލެކްޝަން ތަކަށް ކުރިމަތި ލާފައި ނުވާކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދި ކުރިމަތިލީ އިންތިޚާބުތަކުގައި ރަށްރަށުގެ މެންބަރުން ގަނަތެޅެމުން ދިޔައިރު ޕާޓީގެ ލީޑާޝިޕުން އެ ރަށްރަށަށް އައިސް ކެމްޕޭނު ކޮށްލެވޭނެ ހިތްވަރުވެސް ނެތް ކަމަށްވެސް ހުސްނީ ވިދާޅުވިއެވެ.
މީގެއިތުރުން ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅައި އެކަމަށް ބިން ހަމަޖެއްސުމަށް ދެކޮޅު ހަދަމުން ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަަޒީ އުސޫލުން ހިންގުމުގެ ވިސްނުމުގައި ކުރިއަށް ދާއިރު, ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކަންތައްތަކުގައި ކައުންސިލްތަކުން އެކަންކަމަށް ހުރަސް އަޅައިގެން ނުވާނެ ކަން ފާހަގަ ކުރައްވައި ޙުސްނީ ވިދާޅުވީ ކައުންސިލްތައް ހިންގަމުން ދަނީ ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ގްރާންޓުތަކުގެ އެހީގައި ކަމަށެވެ.
"އަޅުގަނޑު ހިތާމަ އާއެކު ފާހަގަކުރަން ބޭނުންވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި, އެ ނަމުގައި އޮވެގެން އެމްޑީޕީން މަސައްކަތް ކުރަމުންދާއިރު މި ބައި އިލެކްޝަންތަކުގައިވެސް އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައެއް ނެތް. އެހެންކަމުން އެމްޑީޕީގެ ރަށްރަށުގެ އާންމު މެންބަރުން ބުނަމުން ދަނީ ޕާޓީގެ ލީޑާޝިޕް ފެއިލް ވެއްޖެ ކަމަށް." - މިއަދުގެ ޖަލްސާގައި ޙުސްނީ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
