ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
4 ނޮވެމްބަރު 2026 - 05:09

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން 2026، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ބައިވެރިވެވަޑައިގެންފިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. ފެށުމުގެ ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަންވެލްތު ސެކެޓްރީ ޖެނެރަލް ތަގުރީރުކުރެއްވުމުގެ އިތުރަށް ސަގާފީ ހުށަހެޅުމެއް ދައްކާލިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުއެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ ހައްސާސް ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިޢާރުގެ ދަށުން، މިމަހުގެ 1 އިން 4އަށް އެންޓީގާ އެންޑް ބާބިޔުޑާގައެވެ.

-01.jpg&w=3840&q=75)
