logo
MPL

MPL

ޚަބަރު

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ދެ ހަފުތާތެރޭ އުވާލަނީ

އަޙުމަދު ރިޝާން
4 ނޮވެމްބަރު 2026 - 13:27
Minister Ameen
Minister Ameen

 ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ބަދަލު އުނިކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޖިލީހުން އެކަން ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޑަބްލިއުޓީއެމް ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ، ޓުއަރ އޮޕަރޭޓަރުންގެ އަތުން %17 ގެ ޓީޖީއެސްޓީއެއް ނަގަން ފުރަތަމަ ނިންމީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަން ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓް ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، މާލީ ވުޒާރާ، އެޓަރނީ ޖެނެރަލް، ކޮމިޝަނަރ އޮފް ޓެކުސޭޝަން، މަޓީ އަދި ސިނާއަތުގެ އިސް ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު، މިކަން ކުރިން އޮތްގޮތަށް ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މި ބަދަލު ގެނައުމަށްޓަކައި މިހާރު މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅާފައިވާ އިރު، ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއް ތެރޭގައި ބިލު ފާސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، މި ބަދަލު ގެނައި ނަމަވެސް، މާކެޓުގައި ހަގީގަތުގައި ވިއްކާ އަގަށްވުރެ ދަށް އަގެއް ރިސޯޓު އޮޕަރޭޓަރުން ޓީޖީއެސްޓީއަށް ހުށަހަޅާނަމަ، އެކަން ބަލައި މާކެޓުގެ ހަމައަގު (ފެއަރ ޕްރައިސް) ހޯދުމުގެ ޖާގަ މީރާއަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އަބަދު ވެސް އިންވެސްޓަރުންނާއި މުޅި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން، އެއް ވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދީ މަސައްކަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ދެ ހަފުތާތެރޭ އުވާލަނީޚަބަރު | ގަޑިއިރެއް ކުރިންހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ވަޒީރު އަމީންޚަބަރު | 10 މަސް ކުރިން