logo
MPL

MPL

ޚަބަރު

ހުރާ ނޭޗަރ ޕާކް ކޮންސެޕްޓަށް މަޝްވަރާކުރަން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީއާރުއޭ ހުރާއަށް

އައިޝަތު އިނާޝާ
6 ނޮވެމްބަރު 2026 - 13:51
ހުރާ ނޭޗަރ ޕާކް ކޮންސެޕްޓަށް މަޝްވަރާކުރަން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީއާރުއޭ ހުރާއަށް

ކ. ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހުރާ ނޭޗަރ ޕާކް" ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި، އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޓީމެއް ކ. ހުރާއަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގެ ތެރެއިން، ހުރާގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބޯޑުތައް ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ހަމައެއާއެކު، އެ ޓީމުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް، އެތަނުގެ މިހާރުގެ ހާލަތު ބަލައި އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރަކީ ހުރާ ކައުންސިލާއި، މި މަސައްކަތުގައި ހިއްސާވާ މުހިންމު ފަރާތްތަކާ ގުޅިގެން، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ދަތުރެކެވެ. މީގެއިތުރުން، އެ ސަރަޙައްދާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އެއް މަގުސަދެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރާ ނޭޗަރ ޕާކް ކޮންސެޕްޓަށް މަޝްވަރާކުރަން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީއާރުއޭ ހުރާއަށްޚަބަރު | 38 މިނިޓު ކުރިންފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިޚަބަރު | 5 ދުވަސް ކުރިންވޭވަށުގެ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިން